ޚަބަރު
ކެލާގެ ކުނިގޮނޑު ސާފުކުރުމުގެ މަސައްކަތް ރޯޑުކޯޕަރޭޝަނުން ފަށައިފި

ކެލާ ކައުންސިލުގެ އެދުމުގެ މަތިން ކެލާ ކުނިގޮނޑު ސާފުކުރުމުގެ މަސައްކަތް ރޯޑްކޯޕަރޭޝަނުން ފަށައިފިއެވެ.
އިއްޔެނޫން އިހަށްދުވަހު ފަށައިގެން ކުރިއަށްގެންދާ މި މަސައްކަތް މިއަދު ނިންމާލެވޭވަރު ވާނެކަމަށް ކެލާ ރޯޑު ކޯޕަރޭޝަންގެ މަސައްކަތްތަކާ ހަވާލުވެހުންނެވި ފަތުހުﷲ ޢަލީ ހާމަކުރެއްވިއެވެ.


ކުނިގޮނޑު ސާފުކުރުމަށް ރޯޑުކޯޕަރޭޝަންގެ މުވައްޒަފުން ކުރަމުންދާ މި މަސައްކަތުގައި، ކުނިއެންދުމުގެ ސަބަބުން ކުނިގޮނޑު މެދުގައި އުސްކޮށް އުފެދިފައި އޮތް މާސިންގާ އަޅިފުނި ނަގައި، އެ ސަރަޙައްދުގެ ވަލިތެރެއަށް ރީތިކޮށް ފަތުރާލެވިގެންދާނެއެވެ.
ނަމަވެސް ކުނިގޮނޑުގެ އެއްފަރާތުގައި ފަރުބަދައެއްހެން އޮތް ދަޅުފުޅިއާއި، ބިއްލޫރި އަދި ޓިނު ފަދަ ތަކެތި ނެގިގެން ނުދިޔުމަކީ އޮތް ކަންބޮޑުވުމެއްކަން ކެލާގެ ބައެއް ރައްޔިތުން ފާހަގަކުރެއްވިއެވެ.




