މަގޭ ޚިޔާލު

ފަތުރުވެރިކަމުގެ ނަފާ ކެލައަށް ހޯދުމަަށް ޓަކައި އެންމެ މުހިންމު އެއް ކަމަކީ ކެލާގެ މެދުމުލި  ޙިމާޔަތްކުރުން 

ފަތުރުވެރިކަމުގެ ނަފާ ހޯދުމަށް ޓަކައި ކެލައަށް މި ވަގުތު ސަރުކާރުން ކޮށްދެއްވުމަށް، ކެލާ ރައްޔިތުން އެދޭ އެންމެ މުހިންމު އެއް ކަމަކީ ރަށުގެ މެދުމުލި ޙިމާޔަތްކޮށް ދެއްވުމެވެ. 

އެންމެ ރީތި ގޮނޑުދޮށުގެ ގޮތުގައި މުޅި ރާއްޖެއަށް ވެސް މަޝްހޫރުވެފައިވާ، ކެލާގެ ނަލަ ގޮނޑުދޮށް މިއަދު އަންނަނީ އެ ރީތި ނަލަކަން ގެއްލެމުންނެވެ. ރަށުގެ މެދުމުލި ގިރައިލައިގެން ދިޔުމުގެ ސަބަބުންނެވެ. ނަތީޖާއެއްގެ ގޮތުން އަންޒަމާނުން ސުރެ މެދު މުއްޔަށް ޖަމާވަމުން އަންނަ އަކިރިގަނޑު އެއްވެސް ހުރަހެއް ނެތި މިއަދު ޖަމާވަމުން އަންނަނީ، އެ ހިތްގައިމު ނަލަ ގޮނޑުދޮށަށެވެ. ހިމުން ދޮންވެލިގަނޑަށެވެ.

މި ގޮތަށް ލައްގާ އަކިރީގެ ޙަމަލާތަކުން، މި އަދު އެ ގޮނޑުދޮށުގެ 33 އިންސައްތަ ވަނީ އެއްކޮށް ޚަރާބުވެފައެވެ. ފުއްޓަރު ފަރާތެކޭ އެއް ގޮތަށް އެ ސަރަޙައްދު ބަދަލުވެފައެވެ. ހިމުން ދޮންވެލީގެ ރީތި ސާލު ގެއްލިފައެވެ. އާންމުކޮށް މޫދުއެރި އުޅޭ ދިމާލުގެ ހިތްގައިމުކަން ކަފުންވެފައެވެ.

ކެލާގެ ތަރައްޤީއަށް ކޮށްދޭން ބޭނުންވާ ކަންކަމުގެ ލިސްޓުގެ އެއްވަނައަށް ބަނދަރު ތަރައްޤީކުރުން ކެލާ ރައްޔިތުން ބޭނުން ވަނީ މި ސަބަބަށް ޓަކައެވެ. ބަނދަރާއެކު މެދުމުލި ޙިމާޔަތްކުރަން ބޭނުން ވާތީއެވެ. ނަލަ ރީތި ގޮނޑުދޮށުގެ ހިތްފަސޭކަމުން އިޤްތިޞާދީ ނަފާ ކެލާ ރައްޔިތުން ހޯދަން ބޭނުން ވާތީއެވެ. 

ކެލައަށް ޒިޔާރަތްކުރާ މެހްމާނުން ބޮޑުތަނުން އިތުރުކޮށްދިން ޤުދުރަތީ، މި ނަލަ ގޮނޑުދޮށުގެ ނަލަކަން ގެއްލިގެން ދިޔުމަކީ ދިވެހި އެންމެހައި ރައްޔިތުންނަށް ވެސް ގެއްލިދާ މުހިންމު އެސެޓެކެވެ. ނެތި ގެއްލިގެންދާ މުހިންމު ރައުސުލްމާލެކެވެ. 

ޚާއްޞަކޮށް “ލީޑިންބީޗް” ޙިމާޔަތްކުރުމަކީ ފަތުރުވެރިކަމަށް ކެލާ ފައްކާ ކުރަމުންދާ އިރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ އެއް ކަމެވެ.  ހިމުން ދޮންވެލީގެ ޤުދުރަތީ މި ނަލަ ގޮނޑުދޮށް ޙިމާޔާތްކުރެވިގެން ނޫނީ ދޮންކުދިން، ކެލައާ ދޯޅަކުރުމަކީ އުދަނގޫ ކަމަކަށް ވާތީކެވެ.

ފަހިވިސްނުމަކުން ވިސްނާ، ކެލާ ރައްޔިތުންގެ މި ކަންބޮޑުވުމަށް، އަވަސް ތަސައްލީއެއް ލިބިގެން ދިޔުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ހިޔާލު

  1. Varubru ministaru. Misarukaaruga ves ebathibi kelaage dharinge nanbordu jahaigen ehves myhakah vaakameh hama haraamun haraan kudaminun vote hoadhan dhaan rayyithuge kankamuga fonu call akun nimeny hunna kankan nukohdhevey bayaku ulhey rashakah sarukaarunves alhaeh nulaane varah Salaan dhe

Leave a Reply

Your email address will not be published. Required fields are marked *

Back to top button