ޚަބަރު

ހއ. އަތޮޅަށް ގިނަގުނަ ޚިދުމަތްތަކެއްކުރެއްވި ހެޑްމާސްޓަރު ނަޞީރު އަވަހާރަވެއްޖެ

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހެޑްމާސްޓަރުކަން ފުރަތަމަ ކުރެއްވި ހއ. ދިއްދޫ، ތިލަދޫ މުޙައްމަދު ނަޞީރު ޔޫސުފު މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.

ހއ. އަތޮޅަށް ގިނަގުނަ ޚިދުމަތްތަކެއް ނަޞީރު ވަނީ ކުރައްވާފައެވެ. ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހެޑްމާސްޓަރުކަމުގެ އިތުރުން ހއ. އަތޮޅު އޮފީހުގެ ސެކްރެޓަރީކަމާއި، ޑިރެކްޓަރުކަމާއި، އަތޮޅުވެރިޔާގެ އެހީތެރިޔާކަމާއި، މުއާވިންކަން ވެސް ނަޞީރު ވަނީ ކުރައްވާފައެވެ. ސަރުކާރުގެ ޚިދުމަތުން ނަޞީރު ރިޓެއާކުރެއްވި އިރު ހުންނެވީ ހއ. އަތޮޅު ކައުންސިލްގެ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަޤާމުގައެވެ.

40 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވި ނަޞީރަކީ، ޢިލްމީ ގޮތުން ޤާބިލު އަދި ނުހަނު ހިންގުންތެރި ވެރިއެކެވެ.

ނަޞީރު އަވަހާރަވީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ޖަނާޒާ އޮތީ މިރޭ ޢިޝާނަމާދަށް ފަހު، ހުޅުމާލޭ ސަހަރާގައެވެ. ނަޞީރު އަވަހާރަވުމަކީ މުޅި ހއ. އަތޮޅަށް ލިބުނު ފުންހިތާމައެކެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button