ހޫނު ޚަބަރުޚަބަރު

ރޯދައަށް ކަރާ ހެއްދުމަށް 5000 އަކަފޫޓުގެ ވަގުތީ ދަނޑުތަކެއް ކެލާ ރައްޔިތުންނަށް ދެނީ

އަންނަ ރަމަޟާން މަހަށް ކަރާހެއްދުމަށް ޓަކައި 5000 އަކަފޫޓުގެ ވަގުތީ ދަނޑުތަކެއް ކެލާ ރައްޔިތުންނަށް ދިނުމަށް ނިންމާފައިވާކަން  އެ  ކައުންސި އިޢުލާންކޮށްފިއެވެ.

ގެޒެޓު މެދުވެރިކޮށް މިއަދު ކުރައްވާފައިވާ އިޢުލާނުގައި ހާމަކުރައްވާފައި ގޮތުގައި މި ދަނޑުތައް ދެއްވަނީ ރަށުގެ ދަނޑުވެރީންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެ ކަމަށް އެދިލައްވާ ފަރާތްތަކާއެކު ދެ ފަރާތުންވާ އެއްބަސްވުމެއްގެ ދަށުންނެވެ.  ދަނޑުތައް ދޫކުރަނީ 6 މަސް ދުވަހުގެ މުއްދަތަށެވެ.

ކެލާ ކައުންސިލުގެ އިޢުލާނުގައި ބުނެފައިވާ ގޮތުގައި މި ދަނޑުތައް ދޫކުރަނީ ރަށުގެ ވަތަބަނޑޭރި މަގުގެ ހުޅަގާއި، އިރުމަތި ފަޅިންނެވެ.

ދަނޑު ލިބޭ ފަރާތްތަކުގެ ޝަރުޠުތަކުގެ ތެރޭގައި ކެލާގެ ރަށްވެއްސަކަށްވުމާއި، ރަށުގައި ދިރިއުޅޭ މީހަކަށްވުން ހިމެނިފައިވާ ވެއެވެ. މި ދަނޑުތަކަށް އެދޭ ފަރާތްތަކުން އެ ކަމަށް ދޫކުރާ ފޯމު ފުރިހަމަކޮށް އަންނަ ނޮވެންބަރު މަހުގެ 2 ވަނަ ދުވަހުގެ 1.00ގެ ކުރިން އެ ކައުންސިލަށް ހުށަހެޅުމަށް ވެސް އިޢުލާނުގައި ދަންނަވާފައި ވެއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

Leave a Reply

Your email address will not be published. Required fields are marked *

Back to top button