ޚަބަރު

ކެލާ ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ ބައިގެ މަސައްކަތް އަންނަނީ ބާރުދުވެލީގައި ކުރަމުން

ކެލާ ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން އަންނަ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވުމަށް މި ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތުގެ ތެރޭން މަރުކަޒަށް އިތުރުކުރެވޭ ބައިގެ މަސައްކަތް ބާރު ދުވެލީގައި އަންނަނީ ކުރަމުންނެވެ. 

ކުރީ ސަރުކާރުން ފެށި. ބިޔަ މި މަޝްރޫޢުގެ މަސައްކަތް މުޅިންހެން ހުއްޓިފައިވަނިކޮށް، ކުރީގެ އެއްބަސްވުން ބާޠިލްކޮށް މި ސަރުކާރުން އެ މަސައްކަތްކުރަމުން އަންނަނީ ފެޑޯއާ ޙަވާލުކޮށްގެންނެވެ.

ހޮސްޕިޓަލެއްގެ ޚިދުމަތްދެވޭ ފެންވަރަށް މަރުކަޒަށް އިތުރުކުރެވޭ މި ބައިގައި ފަރުވާ ދިނުމަށް ބޭނުންވާ އެންމެހައި ބައިތަކާއި، ބަލި މީހުންބަލައި ކޮޓަރިތަކާއި، ލެބޯޓަރީއާއި، ކޮންފަރެންސް ހޯލުގެ އިތުރުން އޮފީހާއި، 3 ބުރީގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ. 

މި ޢިމާރާތުގެ އެންމެހައި މަސައްކަތް ކައިރި ތާރީޚެއްގައި ނިމި، ޞިއްޙީ ޚިދުމަތް ރަނގަޅު ފެންވަރުގައި ކެލާ ރައްޔިތުންނަށް ލިބޭގޮތް ވުމަކީ ކެލާ ރައްޔިތުން ވެސް ދެކޭ ހުވަފެނެކެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

Leave a Reply

Your email address will not be published. Required fields are marked *

Back to top button