ދީން

139 ވަނަ ފިލާވަޅު ■ ރޯދަ ފާސިދުވާ ކަންތައްތައް (ރޯދަ ބާޠިލްވާ ކަންތައްތައް) 

(1)  ●ޤަސްދުގައި ● ރޯދައަށްްހުރިކަން ހަނދާންހުރި ހާލު :: އާއްމުކޮށް ކައިބޮއި ހަދާ އެއްޗެއް  ކައިފިނަމަ އަދި ބޮއިފިނަމަ  : ފަހެ އޭނާގެ ރޯދަ ބާޠިލްވެއްޖެއެވެ.■ މުސްލިމުންގެ އިއްތިފާޤު

■ޤަސްދުގައި ކައިބޮއިފިނަމަ ފަހެ އޭނާގެ މައްޗަށް އެދުވަހުގެ ބަދަލުގައި އެހެން ދުވަހެއްގައި (އެރޯދަ) ޤަޟާކުރަންޖެހޭނެއެވެ. ●ޤިނަ ޢިލްމުވެރިން  ■ ދެން ކައްފާރާ އޭނާގެ މައްޗަށް ވާޖިބުވެގެންނުވެއެވެ.

:: ● ޝާފިޢީ އަދި ޙަންބަލީ މަޛްހަބު ، އިބްނު މުންޒިރު އަދި ނަވަވީ (ރާޖިޙްކުރައްވާ ބަސްފުޅު) ، އިބްނު ޢުޘައިމީން. 

■ޤަސްދުގަައި ކައި ބުއިމުގެ ސަބަބުން ރޯދަ ޤެއްލިއްޖެނަަމަ ، އެދުވަހުގެ ބާކީ ބައިގައި ރޯދަ ޤެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަންޖެހޭނެއެވެ. ● 4 މަޛްހަބު ، އިބްނު ޙަޒުމް

(2)ހަނދާންނެތިގެން ކައިބޮއިފިނަމަ ފަހެ އޭނާގެ މައްޗަށް އެއްވެސް ކަމެއްނުވެއެވެ.ފަހެ އޭނާގެ ރޯދަ ފުރިހަމަކުރާށެވެ.(އޭނާގެ ރޯދަ ޞައްޙައެވެ.) ● ޖުމްހޫރު 

(3)ރޯދަވެރިޔާގެ އެއްވެސް އިޚްތިޔާރެއްނެތި ރޯދަވެރިޔާގެ އަނގައިގެ ތެރެއަށް ވަންނަ ތަކެތި : މިޝާލު : މަގުގެ ހިރަފުސް (ވަޔާއި އެކު އަނގައިގެ އެތެރެއަށް ވަނުން) :  ޖުމްލަގެއްގައި މިހާލަތުގައި ރޯދައެއް ނުޤެއްލޭނެއެވެ.● މުސްލިމުންގެ އިއްތިފާޤު 

(މެހި އަނގައިގެ ތެރެއަށް ވަނުން މިހާލަތުގައި ރޯދަ ޤެއްލޭނެތޯ ޚިލާފު އުފެދިފައިވެއެވެ)

(4)  (1) އަނގަ ތެރޭގައި (އަނގައިން ބޭރުކޮށްފައި އަނގައިގެ ތެރެއަށް ނުލާ ކުޅު) (2) އަދި އަނގައިގެ ތެރެއަށް ޖަމާނުކުރާ ކުޅު :: ދިރުވައިގެން ރޯދަ ނުޤެއްލޭނެއެވެ : އާއްމުކޮށް އަނގައިގެ ތެރޭގައޮ ހެދިފައި ހުންނަ ކުޅު ދިރުވައިގެން ރޯދަ ނުޤެއްލޭނެއެވެ ● މުސްލިމުންގެ އިއްތިފާޤު 

《■ (1)ކުޅު ދުލުން ބޭރުކޮށް ދެދުންފަތާއި ހިސާބަށް ގެނެސްފިނަމަ ؛ މިހާރު ކުޅު އެވަނީ އޭގެ މަޤާމުން ވަކިވެފައެވެ….މިހާލަތުގައި އެކުޅު ދިރުވާލައިފިނަމަ ރޯދަ ޤެއްލޭނެއެވެ…. 

■ (2)ދެންފަހެ ކުޅު އަނގައިގެ ތެރެއަށް އެއްކޮށްފައި ދިރުވާލައިފިނަމަ އެއިންސާނާގެ ރޯދަ ޞައްޙަވެގެންވެއެވެ.އަދި ބައެއް ޢިލްމުވެރިން މަކްރޫހަކަމެއްކަމަށް ދެކެވަޑައިގަންނަވައެވެ…

(އިސްލާމް.ވެބް.ނެޓް ) ސައިޓް 》

(5)ދެ ދަތް ދޭތެރޭގައި ހަރުލާފަައި ހުންނަ  ●ނުނެރެވޭ ކުދި އެތިކޮޅު(ވަރަށް ކުޑަ ކާއެތިކޮޅެއް)  ::● އާއްމުކޮށް ކުޅާއި އެކުލެވިގެން އަނގައިގެ ތެރެއަށްދާ : މިފަދަ އެތިކޮޅުތައް ނުވަތަ އެތިކޮޅެއް ދިރުވާލެވުމުން :: ރޯދަ ނުޤެއްލޭނެއެވެ.ރޯދަ ޞައްޙަވާނެއެވެ.■ މުސްލިމުންގެ އިއްތިފާޤު 

(6)ދަތް ދޭތެރޭގައި ހަރުލާފައި ހުންނަ ●ނެރެވޭފަދަ  އެތިކޮޅު ( ކުޑަ ކާއެތިކޮޅެއް )  :: މިފަދަ އެތިކޮޅުތައް ނުވަތަ އެތިކޮޅެއް ދިރުވާލެވުމުން :: ރޯދަ ޤެއްލޭނެއެވެ.■ ޝާފިޢީ  އަދި ޙަންބަލީ މަޛްހަބު ، މާލިކީންގެ ބަސްފުޅެއް

(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)

والله أعلم

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button