ދީން

61 ވަނަ ފިލާވަޅު: ވުޟޫ ގެއްލޭ ކަންތައްތައް (3 މިނެޓް 7 ސިކުންތު)

■ އިތުރު އެހެން ޙުކުމްތައް

● އަބަދު ވުޟޫޤެއްލޭފަދަ ކަމެއްދިމާވެފައިވާ ބޭފުޅާ (މިޝާލު: އަބަދު ހީސްތިކިޖެހޭ، ފުރަގަސްފަރާތުން އަބަދު ވައި ބޭރުވާ ،….) ވުޟޫކުރިފަހުން ނަޖިސް ނުކުމެއްޖެނަމަ ވުޟޫއެއް ނުޤެއްލޭނެއެވެ: މުސްލިމުންގެ އިއްތިފާޤު (އިބްނު ތައިމިއްޔާ (ރަޙިމަހު ﷲ ) ބަޔާންކުރައްވާ )

●ވުޟޫކުރުމަށްފަހު، ވުޟޫޤެއްލުނުކަމާމެދު ޝައްކުވެއްޖެނަމަ، ދެން އަނެއްކާ ވުޟޫކުރުން ލާޒިމްވެގެންނުވެއެވެ. (އެބަހީ: ޔަޤީނުގެ މައްޗަށް ބިނާކުރާނީއެވެ.): ޖުމްހޫރު (ޙަނަފީ، ޝާފިޢީ، ޙަންބަލީ)، ގިނަ ފިޤްހު ޢިލްމުވެރިން

●ވުޟޫ ޤެއްލުނުކަން ޔަޤީންވެފައި، އަދި އޭގެ ފަހުން ވުޟޫ ކުރެވުނުތޯ ޝައްކުވާނަމަ، އެބޭފުޅާ ބެލެވޭނީ ވުޟޫ ޤެއްލިފައިވާ ބޭފުޅެއްގެ ގޮތުގައެވެ.: މުސްލިމުން އިއްތިފާޤު 

(ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުގައި ބަޔާންކުރެވިފައިވޭ)

والله أعلم

އިތުރު ލިޔުން

Leave a Reply

Your email address will not be published. Required fields are marked *

Back to top button