ދީން

171   ވަނަ ފިލާވަޅު: ރޯދަ ދޫކޮށްލުން ހުއްދަ މީސްތަކުން

(4) ބަނޑު ބޮޑު އަންހެން ބޭކަނބަލާ އަދި ކިރުދޭ މައިމީހާ 

■ (1)ބަނޑު ބޮޑު އަންހެން ބޭކަނބަލާ އަދި ކިރުދޭ މައިމީހާއަށް ރަމަޟާންމަހު ރޯދަ ދޫކޮށްލުން ހުއްދަވެގެންވެއެވެ.  އެއީ އަމިއްލަަ ނަފްސަށް ބިރުވެރިވީނަމަވެސް ނުވަތަ ދަރިފުޅާއި މެދު ބިރުވެތިވީ ނަމަވެސްމެއެވެ ■  4 މަޛްހަބު

ނޯޓް : ކިރުދޭ މައިމީހާ އަދި ބަނޑުބޮޑު އަންހެން ބޭކަނބަލާވަނީ ވަނީ 2 ހާލަތެކެވެ.

(1)ރޯދައަށް އެއްވެސް އަޘަރެއް ނުކުރުން  އަދި ރޯދައަށް ހުރުމަށް ތަކްލީފަކަށްނުވުން  އަދި ދަރިފުޅަށް (ކިރު މަދުވުމުން ނުވަތަ ބަނޑުބޮޑު އަންހެންބޭކަނބަލާ ރޯދަހިފުމުން ދަރިފުޅަށް ޤެއްލުންނުވުން) ޤެއްލުންނުވާނެނަމަ : މިހާލަތުގައި ރޯދަ ދޫކޮށްލުން ހުއްދަވެގެންނުވެއެވެ.

(2) ނަފްސަށް ބިރުވެތިވާނަމަ ނުވަތަ ދަރިފުޅަށް ބިރުވެތިވެ ރޯދަހިފުމަށް އުނދަޤޫވާނަމަ ، މިހާލަތުގައި ރޯދަ ދޫކޮށްލެވިދާނެއެވެ. އަދި ރޯދަ ދޫކޮށްލި ދުވަސްތަކުގެ ބަދަލުގައި އެހެން ދުވަސްތަކެއްގައި ރޯދަ ޤަޟާކުރާނީއެވެ……މިހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ރޯދަ ދޫކޮށްލުމެވެ. ރޯދަހިފުން މަކްރޫހަވެގެންވެއެވެ…ފަހެ ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި  ދަރިފުޅަށް ބިރުވެތިވާނަމަ ރޯދަދޫކޮށްލުން ވާޖިބުވެގެންވެއެވެ. ރޯދަ ހިފުން ހުއްދަވެގެންނުވެއެވެ.  (އިސްލާމް.ކިއު.އޭ ސަފްޙާ )

 ■ (2)ބަނޑު ބޮޑު އަންހެން ބޭކަނބަލާ އަދި ކިރުދޭ މައިމީހާއަށް ރަމަޟާންމަހު ރޯދަ ދޫކޮށްލީ  އަމިއްލަަ ނަފްސަށް ބިރުވެރިވުމުގެ ސަބަބުން ކަމުގައިވާނަމަ : ފަހެ މިހާލަތުގައިވަނީ ހަމައެކަނި (އެޤެއްލުނު ރޯދަތަކުގެ ބަދަލުގައި) ޤަަޟާކުރުމެވެ. ■ ޖުމްހޫރު

 ■ (3)ބަނޑު ބޮޑު އަންހެން ބޭކަނބަލާ އަދި ކިރުދޭ މައިމީހާއަށް ރަމަޟާންމަހު ރޯދަ ދޫކޮށްލީ  އަމިއްލަަ ނަފްސަށް ބިރުވެރިވުމުގެ ސަބަބުން ކަމުގައިވާނަމަ : ފަހެ މިހާލަތުގައިވަނީ ހަމައެކަނި (އެޤެއްލުނު ރޯދަތަކުގެ ބަދަލުގައި) ޤަަޟާކުރުމެވެ ■ ޙަނަފީ މަޛްހަބު ، ބައެއް ސަލަފުން ، އިބްނު މުންޒިރު، އިބްނު ބާޒު ، އިބްނު ޢުޘައިމީން (ރަޙިމަހުމު ﷲ) 

(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)

والله أعلم

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button