135ވަނަ ފިލާވަޅު■■ ރޯދައިގެ ޝަރުޠުތައް (ޝަރުޠުތަކަކީ ރޯދަ ހިފުމުގެ ކުރިން އެފަރާތެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ކަންތައްތަކެވެ.) ■■
(4)ރޯދަ ވާޖިބުވެގެންވަނީ ރަށުގައި ޤާއިމްވެ ހުންނަ ފަރާތަކަށެވެ.(ދަތުރުވެރިޔަކަށް ރޯދަ ވާޖިބުވެގެންނުވެއެވެ ) : މުސްލިމުންގެ އިއްތިފާޤު
(5)ރޯދަ ވާޖިބުވެގެންވަނީ ރޯދަހިފުމަށް ކުޅަދާނަ ބޭފުޅަކަށެވެ.(ބައްޔެއްގެ، މުސްކުޅިވުމުގެ ސަބަބުން ކުޅަދާނަ ނޫން ބޭފުޅަކަށް ވާޖިބުވެގެންނުވެއެވެ.) މުސްލިމުންގެ އިއްތިފާޤު
ފާއިދާ : ވަރުގަދަ މަސައްކަތްތައް ކުރައްވާ ބޭފުޅުން ވަންނާނީ މުކައްލަފުންގެ ތެރެއަށެވެ.(އެބަހީ : ރޯދަހިފަންޖެހޭ ބޭފުޅުންގެ ތެރެއަށެެވެ.) ބަލިބޭފުޅުންނާއި ދަތުރުވެރިންގެ ތެރެއަކަށް ނުވަންނާނެއެވެ. އެހެންކަމުން (ވަރުގަދަ މަސައްކަތްތައް ކުރައްވާ ބޭފުޅުން) ރޯދަޔަށް ނިޔަތް ގަނެގެން ރޯދަހިފަންޖެހޭނެެއެވެ. އެހެންނަމަވެސް (1) މަސައްކަތް ވަރަށް ބުރަ ވަޒީފާއެއްގައި އުޅުއްވާ ބޭފުޅެއް ،● އެބޭފުޅާގެ އެއަމަލު ދޫކޮށްލައިފިނަމަ އެބޭފުޅާއަށް ޤެއްލުންވާ (ޚަރަދުކުރަންޖެހޭ ފަރާތްތަކަށް ޚަރަދުނުކުރެވުން، ކާބޯތަކެތި ނެތުން) ● އަދި ރޯދަޔަށް ހުރުމާއެކު އެބުރަ އަދާކުރާނމަަ އެބޭފުޅާއަށް ޤެއްލުންވާ ( ޞިއްޙަތަށް ) ނުވަތަ ބޮޑު ޤއްލުމެއް ލިބުން : ♢މިހާލަތުގައި ފުދޭ މިންވަރަށް ރޯދަ ވީއްލާނީއެވެ.( ކަަައި ބޮއި ހަދާނީއެވެ.) ♢ އެއީ އެޤެއްލުމުން ފުދޭ މިންވަރަށެވެ. ދެން ބާކީބައިގައި ރޯދަ ޤެއްލޭ ކަންތައްތަކަުން ދުރުހެލިވެ ހުންނާނީއެވެ.އަދި މީސްތަކުންނާއި އެކު ރޯދަވީއްލާނީއެވެ.އަދި ފަހުން އެރޯދަ ޤަޟާކުރާނީއެވެ.
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم