47ވަނަ ފިލާވަޅު: ޤަޟާ ޙާއްޖާތްކުރުކުގެ އަދަބުތައް (ވަޤުތު : 3 މިނެޓް 6 ސިކުންތު)

(1)ކޮށްޅައް ހުރެގެން ކުޑަކަމުދިޔުން ހުއްދަ، ގަޔަށް ނަޖިސްނުބުރާކަމުގައިވާނަމަ : (ޙަންބަލީ މަޛްހަބުގެ ޞައްޙަގޮތް ، މާލިކީންގެ ބަސްފުޅެއް، ސަލަފުންގެ ބައެއް ބޭފުޅުން، އިބްނު މުންޒިރު، ނަވަވީ ، ޝައުކާނީ ، އިބްނު ބާޒު، އިބްނު އުޘައިމީން (ރަޙިމަހުމު ﷲ ))
●އެހެންނަމަވެސް ،ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމް) ގިނައިން ކުޑަކަމު ޙާޖަތް ކުރައްވާފައިވަނީ އިށީނދެ ވަޑައިގެން
(2)ފެނުން ސާފުކުރާއިރު ޝަރުވެގެންނުވޭ ވަކި އަދަދަކަށް ސާފުކުރުނ ، ނަޖިސް ފިލުމުން ފުދޭނެ : ޖުމްހޫރު
(ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުގައި ބަޔާންކުރެވިފައިވޭ)
(3)ހިލަކޮޅުން (ޓިޝޫ، ގާ، ލަކުނޑި، ފުލާސްޓިކު.) ނަޖިސްހުރިތަން ރީއްޗަށް ސާފުކުރުން، ( ބާކީ ފެނުން ނުދާ މިންވަރު ފިޔަވައި).(ހިލައިން…ސާފުކުރާއިރު ސާފުކުރެވޭނީ ހަމައެކަނި ނަޖިސް ބޭރުވި 2 ދޮރުގައި ނަޖިސްހުރިނަމައެވެ…ނަޖިސް ދެދޮރުން ބޭރަށް މިޝާލަކަށް ފަޔަށް ބުރައިފިނަމަ މިހާލަތުގައި ހިލައިން ސާފުނުކުރެވޭނެއެވެ .ސާފުކުރަންޖެހޭނީ ފެނުންނެވެ.) ހިލައިން، ސާފުކުރިއިރު ބާކީ ފެނުން ނުދާ މިންވަރު އިތުރަށް ހުރެއްޖެނަމަ..އަނެއްކާ އިތުރު ހިލައިން ސާފުކުރަންޖެހޭނެއެވެ.
والله أعلم

