ޚަބަރު

ކެލާގެ ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި

ކެލާގެ މުއައްސަސާތަކާ ގުޅިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކެލާ ކައުންސިލުން އިންތިޒާމުކުރި ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފިއެވެ.

މި އަހަރުގެ ތިމާވެށި ދުވަހާ ގުޅުވައިގެން ހިންގި ސާފުކުރުމުގެ މި ޙަރަކާތް ބާއްވާފައި ވަނީ އިއްޔެއެވެ. 

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރުކަމުން ގިނަ ޢަދަދެއްގެ ކުނިބުނިން މުޅި ގޮނޑުދޮށް ފުރިފައިވާކަން ފާހަގަކުރެވުނެވެ.

މި ޙަރަކާތުގައި ސާފުކޮށްފައި ވަނީ ކެލާގެ ހުޅަނގު ފަރާތު ގޮނޑުދޮށެވެ.  މިއީ މި އަހަރުގެ ތިމާވެށި ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ޑަބްލިޔޫޑީސީން ރޭވި ޙަރަކާތްތަކުގެ އެއް ބޮޅެވެ. 

ނިމިދިޔަ ބުރާސްފަތި ދުވަހު ވަނީ ގަސް އިންދުމުގެ އިވެންޓެއް ވެސް ޑަބްލިޔޫޑީސީއާއި، ކައުންސިލު ގުޅިގެން  ކެލާގައި ބާއްވާފައެވެ. މި އިވެންޓުގައި ވެސް ރަށުގެ މުއައްސަސާތަކާއި، ކުލަބު ޖަމްޢިއްޔާތައް ބައިވެރިވިއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button