ޚަބަރު
ޢީދު ހުޅުން ކެލާގެ ޢީދު ޙަރަކާތްތައް ފަށައިފި

އިހުގެ އެވޭލާ އިރުންސުރެ ޢީދު ޙަރަކާތްތައް ފަށައި ބީދައިން 1447ވަނަ އަހަރުގެ ކެލާގެ ޢީދު ޙަރަކާތްތައް ރޭގައި ފެށިއްޖެއެވެ.
ބަނދަރު ސަރަޙައްދުގައި އޮތް ޢީދު ހުޅުގެ ޙަރަކާތް ފެށުނީ ޢީދު ވެދުމާ ދިޔުމަށްފަހު، ވެރިކަމުގެ ފަރާތުން ޢީދު ކުޅިވަރުތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ބަސް ހޯދުމަށް ފަހުގައެވެ.

އިހުގެ ސަގާފަތާ އެއް ގޮތަށް ކުރިއަށް ދިޔަ ޢީދު ވެދުމާ ދިޔުމަށް ފަހު، ރޭ ރޯކުރެވުނު ޢީދު ހުޅަށް ފަހު، ބޮޑުބެރުޖެހުމުގެ ޙަރަކާތެއް ބަނދަރު ސަރަޙައްދުގައި ރޭ އޮތެވެ.
މިއަދު ހަވީރާއި، މިރޭ ވެސް ފޯރިގަދަ ޙަރަކާތްތަކެއް ކެލާގައި ކުރިއަށް ގެންދާ ގޮތަށް ތާވަލުކޮށްފައި ވެއެވެ. ޢީދު ކުޅިވަރުތައް ބަލައިލުމަށް ގިނަ ޢަދަދެއްގެ ބަޔަކު މި އަހަރުވެސް ކެލައަށް ވަނީ ޒިޔާރަތްކޮށްފައެވެ.




