ޚަބަރު

ޢީދު ހުޅުން ކެލާގެ ޢީދު ޙަރަކާތްތައް ފަށައިފި 

އިހުގެ އެވޭލާ  އިރުންސުރެ ޢީދު ޙަރަކާތްތައް ފަށައި ބީދައިން 1447ވަނަ އަހަރުގެ ކެލާގެ ޢީދު ޙަރަކާތްތައް ރޭގައި ފެށިއްޖެއެވެ. 

ބަނދަރު ސަރަޙައްދުގައި އޮތް ޢީދު ހުޅުގެ ޙަރަކާތް ފެށުނީ ޢީދު ވެދުމާ ދިޔުމަށްފަހު، ވެރިކަމުގެ ފަރާތުން ޢީދު ކުޅިވަރުތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ބަސް ހޯދުމަށް ފަހުގައެވެ. 

އިހުގެ ސަގާފަތާ އެއް ގޮތަށް ކުރިއަށް ދިޔަ ޢީދު ވެދުމާ ދިޔުމަށް ފަހު، ރޭ ރޯކުރެވުނު ޢީދު ހުޅަށް ފަހު، ބޮޑުބެރުޖެހުމުގެ ޙަރަކާތެއް ބަނދަރު ސަރަޙައްދުގައި ރޭ އޮތެވެ. 

މިއަދު ހަވީރާއި،  މިރޭ ވެސް ފޯރިގަދަ ޙަރަކާތްތަކެއް ކެލާގައި ކުރިއަށް ގެންދާ ގޮތަށް ތާވަލުކޮށްފައި ވެއެވެ.  ޢީދު ކުޅިވަރުތައް ބަލައިލުމަށް ގިނަ ޢަދަދެއްގެ ބަޔަކު މި އަހަރުވެސް ކެލައަށް ވަނީ ޒިޔާރަތްކޮށްފައެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button