ކެލާ ކައުންސިލްގެ ސްޕޯރޓްސް ފިއެސްޓާ 2025 ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްދެއްވައިފި

“ކެލާ ކައުންސިލް ސްޕޯރޓްސް ފިއެސްޓާ 2025” ގެ ނަމުގައި 2025 ނޮވެންބަރު 15ގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ، ފުޓްސަލް، ހޭންޑްބޯލް އަދި ވޮލީ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވައިލާ 2025 ސެޕްޓެންބަރު 9 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގެ މުއްދަތު 2025 އޮކްޓޯބަރު 2 ވަނަ ދުވަހުގެ 14.00އާ ހަމައަށް އިތުރުކޮށް ދެއްވައިފިއެވެ.
އިޖުތިމާޢީ ރޫޙު ވަރުގަދަކޮށް، ކުޅިވަރުގެ ވާދަވެރި ރޫޙެއް ރަށުގައި އުފެއްދުމުގެ މަތިވެރި މަޤްޞަދުގައި، ހުޅުވާލައިފައިވާ މި ފިއެސްޓާގެ ފޯރި ގަދަވެގެން ދާނީ ގިނަ ޓީމުތަކެއް ބައިވެރިވެ ވާދަވެރި ރޫޙެއް ކުޅިވަރުގެ މައިދާނުން އުފެއްދުމަށް ފުރުޞަތުތަކެއް ފަހިކޮށްދެވިގެންނެވެ.
މުޖުތަމަޢުގެ ކުރިއެރުމާ ލާބައަށް ކުރެވޭ މި ފަދަ ކަންކަމުގައި ޢާއިލާތަކުން ޢާއިލީ ޓީމުތައް ނެރެ، މި ކަމުގައި ފޯރި ހިފައިގޮތް ހެދުމަކީ “ކެލާ ކައުންސިލް ސްޕޯރޓްސް ފިއެސްޓާ 2025” އަށް ލިބޭނެ އެންމެ މަތިވެރި ކާމިޔާބެވެ.
15 ނޮވެންބަރު 2025ގައި ފެށުމަށް ހަމަޖެހިފައިވާ “ކެލާ ކައުންސިލް ސްޕޯރޓްސް ފިއެސްޓާ 2025” އަށް ތިލައުތުރު ނޫހުން ކާމިޔާބަށް އެދެމެވެ.