ޚަބަރު

އެމްޕީ ޝަރީ ކަޕް 2025ގެ ހޭންޑްބޯލް ތަށި، އެމްޕީ ރަށުގެ އަންގަބޫލެބަލަށް

ކެލާ ދާއިރާގެ ރަށްތަކަށް ހުޅުވައިލައިގެން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އޭނާގެ އަމިއްލަ ރަށުގައި ބޭއްވި އެމްޕީ ޝަރީ ކަޕް 2025ގެ ހޭންޑްބޯލް ޗެންޕިއަކަށް އެމްޕީ ރަށުގެ ޓީމެއް ކަމަށްވާ އަންގަބޫލެބަލް ހޯދައިފިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން، ރޭ މެންދަމު ކުޅެންޖެހުނު ހޭންޑްބޯލްގެ ފޯރިގަދަ ފައިނަލް މެޗުގައި ވާދަކުރީ ފިއްލަދޫގެ ދެ ޓީމު ކަމުގައިވާ ގޫޕްސް ސްޕޯރޓްސް ކުލަބާއި، އަންގަބޫލެބަލެވެ. ހަމަހަމަ ކުޅުމެއް ފެނުނު، ވާދަވެރި މި މެޗު ކުޑަ ތަފާތަކުން ކާމިޔާބުކޮށް މުބާރާތުގެ ޗެންޕިއަންކަން ހޯދީ އަންގަބޫލެބަލުންނެވެ. ނަތީޖާއަކީ 8 ލަނޑު 6 ލަނޑެވެ. ފައިނަލްމެޗުގައި އަންގަބޫލެބަލުން ލަނޑުޖެހީ ޙަލީމަތު ޙަސްނާއާއި، އާމިނަތު ޝާހާ ޙަސަނާއި، މަރިޔަމް ނޫރާއެވެ. ޙަސްނާ 5 ލަނޑުޖެހި އިރު، ޝާހާ ވަނީ މި މެޗުގައި 2 ލަނޑު ޖަހައިފައެވެ. ނޫރާޖެހީ 1 ލަނޑެވެ. ގޫޕްސް ސްޕޯރޓްސް ކުލަބުން ލަނޑުޖެހީ ޢާއިޝަތު ލީން މުޙައްމަދު ވިޖާންއާއި، ޢާއިޝަތު ޝާއިނާއާއި އަދި ރައުނާ ރަޝީދެވެ. ގޫޕްސްގެ ލީން 3 ލަނޑުޖެހި އިރު، ޝާއިނާ ވަނީ މި މެޗުގައި 2 ލަނޑު ޖަހައިދީފައެވެ. ރައުނާޖެހީ 1 ލަނޑެވެ. ފައިނަލް މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ އަންގަބޫލެބަލްގެ ޙަލީމަތު ޙަސްނާއެވެ.

ފައިނަލް މެޗާއި، އެމްޕީ ޝަރީ ކަޕް 2025 ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރ އޮފް ސްޕޯރޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން އޮނަރަބްލް ޑޮކްޓަރ ޢަބްދުﷲ  ރާފިޢެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށާއި، ރަނަރއަޕް ޓީމަށް އަދި ތަފާތު މަޤާމުތަކަށް ހޮވުނު ކުޅުންތެރިންނަށް ތައްޓާއި، އިނާމާއި، މެޑެލް ހަވާލުކޮށްދެއްވީ ސްޕޯރޓްސް މިނިސްޓަރުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރ ޢަބްދުﷲ  ނާސިރާއި, ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބުރާހިމާއި, ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފާއި އަދި ރާއްޖޭގެ ކުޅިވަރު ތަރި އާމިނަތު ޝިއުރާއެވެ.

ހޭންޑްބޯލް މުބާރާތުގެ ނަތީޖާ

ޓޮޕް ސްކޯރަރ: ގޫޕްސް ސްޕޯރޓްސް ކުލަބުގެ ޢާއިޝަތު ޝާއިނާ

އެންމެ އުންމީދީ ކުޅުންތެރިޔާ: ކެލާ ޔޫތު ފޯރަމްގެ ފާޠިމަތު ޒާރާ ޝަހީމް

އެންމެ މޮޅު 7 ކުޅުންތެރިން

އަންގަބޫލެބަލްގެ ޙަޅިމަތު ޙަސްނާ

ގްޕްސް ސްޕޯރޓްސް ކުލަބުގެ ޢާއިޝަތު ޝާއިނާ

ގްޕްސް ސްޕޯރޓްސް ކުލަބުގެ އާއިޝަތު ލީން މުޙައްމަދު ވިޖާން  

އަންގަބޫލެބަލްގެ ފާޠިމަތު ލިއުޝާ

ކެލާ ޔޫތު ފޯރަމްގެ ފާޠިމަތު ސާރަތު

އަންގަބޫލެބަލްގެ ޢާއިޝަތު ނުހާ

ގްޕްސް ސްޕޯރޓްސް ކުލަބުގެ ޔައުލަތު މުޙައްމަދު

ބެސްޓް ކޯޗު އަންގަބޫލެބަލްގެ މުޙައްމަދު ޖަޢުފަރު

ފެއަރޕްލޭ ޓީމު ކެލާ ޔޫތު ފޯރަމް

ރަނަރއަޕް ޓީމު ގްޕްސް ސްޕޯރޓްސް ކުލަބު

ޗެންޕިއަން ޓީމު އަންގަބޫލެބަލް

ޗެމްޕިއަން ޓީމަށް 50000 ރުފިޔާ އަދި ރަނަރއަޕް ޓީމަށް 20000 ރުފިޔާގެ ފައިސާގެ އިނާމާއެކު ބޭއްވި މި މުބާރާތަކީ ކެލާ ދާއިރާގެ ރަށްތަކުގައި ކުޅިވަރުގެ ރޫޙް އިތުރުކޮށް، މޮޅު ކުޅުންތެރިން ދާއިރާގެ އުފެއްދުމުގެ މަޤްޞަދުގައި އެމްޕީ ޝަރީފު ކަޕް 2025 ގެ ނަމުގައި ބޭއްވި މުބާރާތެކެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button