ދީން

170   ވަނަ ފިލާވަޅު : ރޯދަ ދޫކޮށްލުން ހުއްދަ މީސްތަކުން

 ■ (3)މުސްކުޅިވުމުގެ ސަބަބުން ރޯދަހިފަން ކުޅަދާނަަނޫން ފިރިހެން ބޭފުޅާއާއި އަންހެން ބޭކަނބަލާ (ނުވަތަ މުސްކުޅިވުމުގެ ސަބަބުން  ތަކްލީފާއިއެކު ރޯދަހިފަންޖެހުމުން ރޯދަ ދޫކޮށްލުން )  ؛ އެއް ޙުކުމެއްގެ ތެރެއަށް ވަންނާނެ 

(1)މުސްކުޅިވުމުގެ ސަބަބުން ރޯދަހިފަން ކުޅަދާނަަނޫން ފިރިހެން ބޭފުޅާއާއި އަންހެން ބޭކަނބަލާއަށް ރޯދަ ދޫކޮށްލުން ހުއްދަވެގެންވެއެވެ ■ މުސްލިމުންގެ އިއްތިފާޤު

(2)މުސްކުޅިވުމުގެ ސަބަބުން ރޯދަހިފަން ކުޅަދާނަަނޫން ފިރިހެން ބޭފުޅާއާއި އަންހެން ބޭކަނބަލާއަށް ރޯދަ ދޫކޮށްލައިފިނަމަަ (ނުވަތަ މުސްކުޅިވުމުގެ ސަބަބުން  ތަކްލީފާއިއެކު ރޯދަހިފަންޖެހުމުން ރޯދަ ދޫކޮށްލުން )  ( ރޯދަ ދޫކޮށްލި ކޮންމެ ދުވަހެއްގެ ބަދަލުގައި ) މިސްކީނަކަށް ކާންދޭނީއެވެ ■ ޖުމްހޫރު 

□□އިތުރު ތަފްޞީލް ފިދްޔައާއި ( ކާންދިނުމުގައި ) ބެހޭ □□

■ ( (1)ދޭ ކެއުމާއި (2) މިންވަރަށް ބަލާއިރު  ■ ދޭނީ މިސްކީނަކަށެވެ.(ފަޤީރުންވެސް ވަންނާނެ) ޞާއެއްގެ ދެބައި ކޮށްފައި އެއްބައެވެ.(އެއީ ކިލޯ ޤުރާމުންނަމަ 1.5  ކިލޯ ޤުރާމް ގާތްގަނޑަކަށް) އާއްމުކޮށް އެރަށެއްގެ  (އެޤައުމެއްގެ) އަހުލުވެރިން ކައި އުޅޭ ތަކެތިން…. ދޭއިރު  އެއާއެކު ރިހަ ނުވަތަ މަސްދިނުން އެންްމެ ފުރިހަމައެވެ.  (ވާޖިބެއްނޫނެވެ. ވާޖިބަކީ މަތީގައި ބަޔާންކުރެވިފައިވާ ބައެވެ.)  ■ އިސްލާމް. ކިއު. އޭ . ސަފްހާ ■

■ކާތަކެތި ދޭއިރު ކައްކާފަހުރި(ކޮންމެ ދުވަހަކަޡް  ގާތްގަނޑަކަށް 1.5  ކިލޯ ޤުރާމަށް ވާވަރު ތަކެތި.) އަދި ނުކަައްކާ ހުރި ތަކެތިވެސް ދެވިދާނެ ■ އިބްނު ޢުޘައިމީން ( ރަޙިމަހު ﷲ ) ■ 

■ވީ އެންމެ އަވަހަކަށް (ރޯދަތަކުގެ ބަދަލުގައި ކާންދިނުން ކުޅަދާނަވެގެންވާ ބޭފުޅާއަށް ވަޖިބުވެގެންވެއެވެ. ކުޅަދާނަކަން (ކާންދިނުމަށް)  ކުޅަދާނަކަން ލިބެންްދެން އެމިންވަރަށް ލަސްކޮށްލުން ހުއްދައެވެ.  (ރޯދަ ޤެއްލުނު ދުވަހުގެ އަދަދަށްވާ) ކާތަކެތި އެންމެ މީސްކީނަކަށް ކާންދިނަސް ތިމަންމެން އުއްމީދުކުރަނީ އެކަމުގައި މައްސަލައެއްނެތްކަމަށެވެ .އެއީ  ވަރަށް ގިނަ ފިޤްހު ޢިލްމުވެރިންގެ ބަސްފުޅެވެ.■ އިސްލާމް.ވެބް) ■

■ (ޝައިޙް ޞާލިޙް އަލް ފައުޒާން) ”  ކާންދިނުން ލާރިއަކުން ނުދޭނެއެވެ.” ■ ■” (ޖުމްހޫރުން ( ރަޙިމަހުމު ﷲ ) ވިދާޅުވަނީ  ކާންދިނުން ކާތަކެތިން ވާޖިބުވެގެންވެއެވެ…އަދި ރާޖިޙްގޮތަކީ ކާތަކެތީގެ ބަދަލުގައި އެއަށްވާ ފައިސާއިން ނެރުމުން އެ ފުދިގެންނުވުމެވެ..” (އިސްލާމް.ވެބް) ■

■ “އެހެން ފަރާތަކަށްް  ލާރިދީފައި  ނުވަތަ ޖަމްޢިއްޔާއަކަށް ލާރިދީފައި  އެއަށް ކާތަކެތި ގަނެފައ ދޭން ބުނުން މައްސަލައެއްނޫން .(ފުދިގެންވޭ  )..( އެހެންނަމަވެސް ކާތަކެތީގެ ބަދަލުގައި  ފަޤީރުންނާއި މިސްކީނުންނަށް ލާރިދިނުން ފުދިގެންނުވޭ ) ” ( އިސްލާމް.ވެބް )

■ “ހާޖަތެއް އޮވެގެން  ނުވަތަ ފަޤީރުކަން އެތަނުގައި އޮތުން ބޮޑުވުމުން  ކާތަކެތި އިންސާނާ ދިރިއުޅޭ ރަށް ނޫން  އެހެން ރަށަކަށް ނުވަތަ ޤައުމަކަށް ފޮނުވިދާނެ. ” ( އިސްލާމް.ވެބް )

■ ” ރަމަަޟާންމަސް ފެށުމުގެ ކުރިން ( ދާއިމީ ބައްޔެއްގެ ސަބަބުން ރޯދަނުހިފޭ ، މުސްކުޅިވުނުގެ ސަބަބުން ރޯދަނުހިފޭ ) ބޭފުޅާ އެރޯދަމަހުގެ ރޯދަތައް ދޫކޮށްލާތީ ދައްކަންޖެހޭ ފިދްޔ ރަމަަޟާންމަސް ފެށުމުގެ ކުރިއަށް  އަވަސްކުރުން ހުއްދަވެގެންނުވެއެވެ. އެދުވަހު ފަތިސް ފެށުމުން އެދުވަހުގެ ބަދަލުގައި ދޭން ޖެހޭ ކާތަކެތި ދެވިދާނެ..ނުވަތަ އެއްކޮށް ރޯދަމަސް ނިމޭ ދުވަހު އެކީ އެކަށް ( 30 ދުވަހުގެ   ނުވަތަ 29 ދުވަސް ތަކެތީގެ މިންވަރު  ) އެއްކޮށްވެސް ދެވިދާނެ.. އެއް މިސްކީނަކަށް ހުރިހާ ކާތަކެތި ދެވިދާނެ .އެންމެ ރަައްކާތެރިގޮތަކީ  ކަައްފާރާނެރުމުގައި   އަވަހަށް ކައްފާރާ ދެއްކުމެވެ. ރަމަޟާންމަސް އެއްކޮށް ނިމެންްދެން މަޑުނުކުރުމެވެ. އެއީ ޚިލާފުން ނިކުތުމަށްޓަަކައެވެ. ބައެެއް ބޭފުޅުންގެ އަރިހުގަައި ވަޤުތުން ނެރުން ވާޖބުވާތީ އެޚިލާފުން ނުޖުތުމަށްޓަކައެވެ. ”  ( އިސްލާމް.ވެބް )

(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)

والله أعلم

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button