ޒުވާން ޚަޠީބުން އުފެއްދުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމު ފުރިހަމަކޮށް ކެލާގެ ދެ ޒުވާނަކު ސަނަދު ޙާޞިލްކޮށްފި

ޒުވާން ޚަޠީބުން އުފެއްދުމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމް ކެލާގެ ޒުވާން ދެ ކުއްޖަކު ފުރިހަމަކޮށް ޚަޠީކަމުގެ ސަނަދު ޙާޞިލްކޮށްފީއެވެ.
ކެލާ ރައްޔިތުންގެ ކަންބޮޑުވުން އޮތް ޚަޠީބުންގެ މައްސަލައަށް، ސަނަދު ޙާޞިލްކުރި ޚަޠީބުންގެ ފަރާތުން ޙައްލު ލިބިގެންދާނެކަމަށް އުންމީދުކުރަމެވެ
ޒުވާން ޚަޠީބުން އުފެއްދުމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމު ފުރިހަމަކޮަށް ސަނަދު ޙާޞިލްކުރީ ހއ. ކެލާ ފެންފިޔާޒުގޭ އިސްމާއީލް މަހްފޫޒާއި، ހއ. ކެލާ ފުރުންމާގޭ މުޙައްމަދު މިފްޟާލް މުސްޠަފާއެވެ.
ޒުވާން ދެ ޚަޠީބުންނަށް ތިލައުތުރު ނޫހުގެ ފަރާތުން ހޫނު މަރުޙަބާއާއި، ތަހުނިޔާކިޔަމެވެ.


ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގުރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި، ޒުވާން ކުދިންނަށް މި ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަޝްވަރާގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގުރާމެވެ.
އިސްލާމްދީނަށް ޚާއްޞަ އިސްކަމެއްދީ ދީނީ ވަޙުދަތު ކުރިއަރުވާ މަތިވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޚަޠީބުން އުފެއްދުމަކީ އޭގެ ތެރެއިން އެއް ކަމެވެ.




