ގަދަ 10 ހޯދި ޝައިޚް އިބްރާހީމް ސުކޫލުގެ ދަރިވަރުންނަށް އައްސަރިބަހާއި ސާބަސް

2026 ވަނަ އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިޙާނުން ކެލާ ޝައިޚް އިބްރާހީމް ސުކޫލުން ގަދަ 10 ހޯދި 3 ދަރިވަރުން ކަމުގައިވާ މުޙައްމަދު މިފްޒާލް މުޞްޠަފާއަށާއި، ޢާއިޝަތު ނީޝާން އާދަމް ނާފިޒު އަދި ޙައްވާ ރަނާ މުޚްތާރަށް ހޫނު މައުޙަބައާއި، ތަހުނިޔާ ކިޔަމެވެ.
ރަނގަޅު ނަތީޖާ އަބަދުވެސް ހޯދަމުން އަންނަ ޝައިޚް އިބްރާހީމް ސުކޫލުގެ މި ތިން ދަރިވަރުންގެ ތެރޭން ގަދަ 10 އިން މިފްޒާލް ޖާގަ ހޯދީ 3 ވަނަ ރޭންކުގައެވެ. ނީޝާން ޖާގަ ހޯދީ 6 ވަނަ ރޭންކުގައެވެ. އަދި ރަނާ ޖާގަ ޖާގަ ހޯދީ 10 ވަނަ ރޭންކުގައެވެ.
80 އަހަރު ފުރިފައިވާ ޝައިޚް އިބްރަހީމް ސުކޫލް ކުރިން ހިންގަމުން އައީ މަދަރުސަތުއް ޝައިޚް އިބްރާހީމުގެ ނަމުގައެވެ. މި ސުކޫލް ނިސްބަތް ވަނީ މަޖީދިއްޔާ ސުކޫލުގެ އައްވަލުލް އުސްތާޛު ޝައިޚް އިބްރާހީ ރުޝްދިލް އަޒުހަރީއަށެވެ. ޝައިޚް ރުޝްދީއަކީ ކެލާ މުރަނަ ޢާއިލާއަށް ނިސްބަތްވާ ބޭފުޅެކެވެ. ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ ޝައިޚް ރުޝްދީ ތަޢުލީމު ޙާޞިލްކުރެއްވީ މިޞްރުގެ ޖާމިއުލް އަޒުހަރުންނެވެ. ޝައިޚް ރުޝްދީގެ ބޭބޭފުޅުންގެ ތެރޭން މި ވަގުތު ދުނިޔޭގައި ހުންހެވީ އެންމެ ބޭގފުޅެކެވެ. ޝައިޚް އިބްރާހީމް ރުޝްދީއަކީ ދައުލަތުގެ ވަޒީރުކަން ކުރެއްވި ކެލައަށް ނިސްބަތްވާ އެންމެ ފުރަތަމަ ބޭފުޅެވެ.
މިފްޒާލް، ނީޝާން އަދި ރަނާ ހޯދި ފަޚުރުވެރި ކާމިޔާބީގައި ސުކޫލުގެ މުދައްރިސުންނާއި، އެ ދަރިވަރުންގެ ބެލެނިވެރިން ޝާމިލްކޮށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަމެވެ. ތަޢުލީމީ ރޭހުގައި އިތުރު ކާމިޔާބީއަށް އެ ދަރިވަރުންނަށް އެދެމެވެ.




