ރަށަށް އުފާވެރިކަން ގެނެސްދޭނެ އެންމެ ކުރު މަގަކީ ދޫންޏަށް ވޯޓުދިނުން

އެންމެން ވެސް ބޭނުންވަނީ ކުރިއެރުމެވެ. ހަލުއި ތަރައްޤީއެވެ. ރަށްވެހިކަމުގެ ގޮތުންނެވެ. އިޤްތިޞާދީ ގޮތުންނެވެ. ޢިލްމީ ގޮތުންނެވެ. ޞިއްޙީ ގޮތުންނެވެ. އިޖުތިމާޢީ ގޮތުންނެވެ. މި ހުރިހާ ދާއިރާތަކަކުން ރަށަށް އުފާވެރިކަން ކުރުމަގަކުން ގެންނަން ބޭނުންވާ ނަމަ ކުރަންޖެހޭ ކަމަކީ ދޫންޏަށް ވޯޓުދިނުމެވެ. ޕީއެންސީ ކެންޑިޑޭޓުން ހޮވުމެވެ. އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަކީ ރައްޔިތުން ގޮތް ނިންމަން ލިބޭ ރަނުގެ ފުރުޞަތެކެވެ.
ރަށެއް ވިޔަސް، އަތޮޅެއް ވިޔަސް އަދި ޤައުމެއް ވިޔަސް ކުރިއަރުވާ ތަރައްޤީކުރެވޭނީ އޭރަކު އޮންނަ ސަރުކާރަކަށެވެ. އެހެނީ އެ ސަރުކާރަކަށް ރައްޔިތުންގެ އަޑު އިއްވަން ފަސޭހަވާނީ އެ ސަރުކާރަކަށް ތާއީދުކުރާ ބަޔަކު އިންތިޚާބު ކޮށްދެވިގެންނެވެ. އަދި އަމުދުން ލޯކަލް ކައުންސިލަކީ ސަރުކާރު ޖަވާބުދާރީކުރުވަން ހޮވާ ބައެއް ނޫނެވެ. އެ މީހުންނަކީ ސަރުކާރު ހިންގުމުގެ އެއް ފަށަލައެވެ. ރައްޔިތުން އެމީހުން ހޮވަނީ، ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން ބޭނުންވާ ބަދަލުތަކާއި، ކުރިއެރުންތައް ރަށަށް ހޯދައި ދިނުމަށެވެ. ކައުންސިލަކަށް ބަޖެޓުގެ ގޮތުގައި ދައުލަތުން ދެއްވާ ގްރާންޓަކުން ރައްޔިތުން ބޭނުންވާ ހުރިހާ ކުއިއެރުންތަކެއް ހޯދައި ނުދެވޭނެއެވެ. އެ ކަން ކޮށްދެވޭނީ ސަރުކާރަށެވެ.
ދަރިން ބޭނުންވާ ކަންތައް ކޮށްދެނީ އެ ދަރިންގެ މައިންބަފައިންކަން އެންމެން ވެސް ޤަބޫލުކުރެއެވެ. އެހެނީ ދުރުހިލޭ މީހުންނަށް ދަރިން ބޭނުންވާ ކަންތައްތަކެއް ނޭނގެއެވެ. އެނގުނަސް އެ ވާހަކަތަތައް އަޑުއަހައިކަށް ބޭނުމެއް ވެސް ނުވެއެވެ. މިއީ މި ދުނިޔޭގެ ކަންހިނގާ މަގެވެ. މި ނަޒަރިއްޔާއިން ބެލިއަސް ރަށުކައުންސިލުތަކުން ދައްކާވާހަކަ ސަރުކާރުން އަޑުއަހާނީ ސަރުކާރާ ދެކޮޅުވެރި ބަޔަކު ހޮވައިގެން ނޫންކަން ވަރަށް ސާފުކޮށް އެބަ އެނގެއެވެ.
ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދަން ކޮންމެ ރައްޔިތަކު ވެސް ބޭނުން ވެއެވެ. އެހެންކަމަށްވާ ނަމަ ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ އެ މޮޅު ގޮތް ރައްޔިތުން ނިންމަން ޖެހޭ ވަގުތެވެ. މޮޅު ގޮތް ރަށަށް ހޯދަން އެދޭ ނަމަ، ދޫނީގާ ފާހަގަ ޖަހަންވީއެވެ. ރަށަށް މޮޅު ގޮތް ވުމަށް ނޭދޭ ނަމަ އެހެން ގޮޅިއެއްގާ ފާހަގަ ޖަހަންވީއެވެ.
މި ވަގުތު ސަރުކާރު ހިންގަނީ ޕީއެންސީންނެވެ. ވެރިކަން ކުރަނީ ޕީއެންސީއެވެ. ވަޒީރުންގެ ގޮތުގައި ތިއްބެވީ އެ ޕާޓީއަށް ތާއީދު އޮތް ބޭފުޅުންނެވެ. ދައުލަތުގެ ކުންފުނިތައް ހިންގަނީ ޕީއެންސީއަށް ލޯޔަލްޓީ ބައެކެވެ. ތަޖުރިބާއިން ވާހަކައެއް ދަންނަވާ ނަމަ، ރައްޔިތަކަށް އަތްބާރެއް އަޅައިލަ ދޭނީ އެ މީހުން ދެކެ ލޯވިބާ ބަޔަކު އިންތިޚާބު ކޮށްދެވިގެންކަން ޤަބޫލުކުރެވެއެވެ. މި އުޞޫލުން ބެލިޔަސް ރަށެއްގެ ކައުންސިލުގައި ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން ތިބުމަކީ ކަންތައްތައް ކުރުމަށް ފަސޭހަވާނެ ކަމެއްކަން އެނގެއެއެވެ. ދެކޮޅުވެރި ޕާޓީއެއްގެ މެންބަރުން ކައުންސިލުގައި ތިބޭ ނަމަ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އުނދަގޫތައް ކުރިމަތި ވެއެވެ. ބަޖެޓުގެ ތެރޭން މަޝްރޫޢުތައް ހޯދަން ހުރަސްތައް ކުރިމަތި ވެއެވެ.
ރައްޔިތުން ބޭނުންވާ އަމާޒަށް ކައުންސިލަކުން ކަންތައްތައް ކޮށްދެވޭނީ ޕީއެންސީ ކެންޑިޑޭޓުން ހޮވައި ދެވިގެންނެވެ. ސަރުކާރާ، ކައުންސިލާ އޮންނަ ގުޅުން ރަނގަޅުވެގެންނެވެ. އެއް އަމާޒަށް މަސައްކަތްކުރެވޭނީ އެއް ފިކުރެއްގެ ބަޔަކަށެވެ. މީގެ ސަބަބުން އިދާރީ ހުރަސްތައް ކުޑަވެ، ރަށްޔިތުން ބޭނުންވާ ތަރައްޤީ ހަލުއިކަމާއެކު ހޯދައި ދެވެއެވެ. ރައްޔިތުންގެ ބަސް ޤަބޫލުކުރުމުގައި ސަރުކާރުގެ ސަމާލުކަން ބޮޑުވެއެވެ.
2026 އޭޕްރީލް 4 ވަނަ ދުވަހުގެ ވޯޓު އިދިކޮޅަށް ދީފި ނަމަ، ސަރުކާރުގެ ނިންމުންތަކަށް ވީޓޯކޮށް ޤަރާރު ނެރުން ނޫންކަމެއް ނުކުރާނެއެވެ. ތަރައްޤީއަށް އެޅެން އޮތްހާ ހުރަހެއް އަޅައިނެއެވެ. ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތައް ފުރިހަމަކުރުމަށް އެއްބާރުލުމެއް ނުދޭނެއެވެ. އޭރުން ތަރައްޤީ މަޑުޖެހި ރައްޔިތުންގެ ހުވަފެން ބިލާހަށްވެ ނިމިދާނެއެވެ.
ވީމާ ރަށަށް މޮޅު ގޮތާއި، އުފާވެރިކަން ގެންނަން ބޭނުންވާ ނަމަ ދޫނިތައް ހޮވައިދޭށެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދުވެލީގާ، ރަށްތައް ތަރައްޤީގެ ރޭހުގައި ކުރިއަރާދާނީ އޭރުންނެވެ. ރައްޔިތުންގެ ހުވަފެންތަކުގައި ޙަޤީޤީކުލަ ޖެހޭނީ ވެސް އޭރުންނެވެ.



