156 ވަނަ ފިލާވަޅު : ލައިލަތުލް ޤަދްރި ވިލޭރޭގެ މަތިވެރިކަމާއި އަދި އެރޭ ކުރުން ޝަރުޢުވެގެންވާ ކަންތައްތައްތަކާއި އެރޭގެ ވަޤުތު (ދެވަނަ ބައި)

(3)ލައިލަތުލް ޤަދްރު ވިލޭރޭގެ ވަޤްތާއި އެރޭގެ ޢަލާމާތްތަށް
■ލައިލަތުލް ޤަދްރު ވިލޭރޭގެ ވަޤުތު
●ލައިލަތުލް ޤަދްރު ވިލޭރޭ ވަނީ ރަމަޝާން މަހުގެ ފަހު ދިހަޔެއްގައެވެ. ޝަފްއު ރޭތަކަށްވުރެ ( 2 ކުން ގެއްލޭ ރޭތައް (މިޝާލު: 22، 24، 26، 28، 30) ވިތުރި ރޭތަށް ( 21 ، 23 ، 25 ،27، 29) އެރޭ ކަމުގައިވުމަށް (ލައިލަތުލް ޤަދްރު ވިލޭރޭ) ޤާތްކަން ބޮޑެވެ. ■ މިއީ ޝާފިއީ މަޒްހަބު، ޙަންބަލީ މަޒްހަބު އިޚްތިޔާރު ކުރައްވާގޮތެވެ. އަދި މާލިކުގެ ބަސްފުޅެއް އައިސްފައިވެއެވެ. އަދި އިބްނު ތައިމިއްޔާ، އައް ޞަންޢާނީ ، އިބްނު ބާޒް ، އިބްނު އުޘައިމީން (رحمهم الله الجميع) އިޙްތިޔާރުކުރައްވަނީ މިގޮތެވެ.)
■ ލައިލަތުލް ޤަދްރި ވިލޭރެއަކީ އެއްރެއެއްގެ ގޮތުގައި ޘާބިތުވެ އޮންނަ ރެއެއް ހެއްޔެވެ؟ ނުވަތަ އެއީ ބަދަލުވެ އޮންނަ ރެއެއް ހެއްޔެވެ؟ (މިސާލު: މިދިޔަ އަހަރު 23 ވަނަ ރެއަށްވެފައި ، މިއަހަރު 25 ވަނަ ރެއެއްވެފައި ، އެގޮތަށް ބަދަލުވެ އޮންނަ ރެއެއް ހެއްޔެވެ؟)
● ލައިލަތުލް ޤަދްރު ވިލޭރެއަކީ ކޮންމެ އަހަރެއްގައި ވަކި ރެއެއްގެ ގޮތުގައި ކަނޑައެޅި ޘާބިތުވެގެންވާ ރެއެއް ނޫނެވެ..(މިސާލު :ލައިލަތުލް ޤަދްރު ވިލޭރެއަކީ ކޮންމެ އަހަރެއްގައި 27 ވިލޭރޭ ކަމުގައިވުން ..އެގޮތަށް ވަކި ރެއެއްގެ ގޮތުގަައި ޘާބިތުވެގެންވާ ރެއެއް ނޫނެވެ.) .އަދި ކިއެއް، އެރެއަކީ ރަމަޝާންމަހުގެ ފަހު ދިހައެއްގެ ރޭތަކުގައި ބަދަލުވެ އޮންނަ ރެއެކެވެ. (މިސާލު: އެއް އަހަރު 25 ވަނަ ރެއަށްވެފައި ،އަނެއް އަހަރު 27 ވަނަ ރެއަށްވެފައި ..އެގޮތަށް ބަދަލުވެ އޮންނަ ރެއެކެެވެ.) ..■ މިއީ ޖުމްހޫރުންގެ މަޛްހަބެވެ.(މާލިކް، ޝާފިޢީ،ޙަންބަލީ މަޒްހަބު) އަދި ގިނަ ޢިލްމުވެރިންގެ މަޒްހަބެވެ. (رحمهم الله الجميع)
( ނޯޓް :…. އަދި މިގިނަ ޙަދީޘްފުޅުތަކަށްޓަކައި 27 ވިލޭރެއަކީ ކޮންމެ އަހަރަކުވެސް ލައިލަތުލް ޤަދްރި ވިލޭރޭކަމަށް ވުމަށް އެންމެ އުންމީދުކުރެވޭ ރެއެވެ. އެއާއި ޖެހިގެންވަނީ 23 ވަނަ ވިލޭރެއާއި 21 ވަނަަ ވިލޭރެއެވެ. .. ( އަލް ބަނާން .ކޯ. ޔޫކޭ / 27 ވަނަ ވިލޭރޭ / ޑރ . އިބްރާހީމް ބުން މުޙައްމަދު އަލް ޙަޤީލް ))
■ލައިލަތުލް ޤަދްރު ވިލޭރޭ ބާކީވެ އޮތުން
●ލައިލަތުލް ޤަދްރު ވިލޭރޭ އުފުލިގެންނުވެއެވެ.އެރޭ ޤިޔާމަތާއި ހަމަޔަށް ބާކީވެ އޮންނާނެއެވެ. (ކޮންމެ އަހަރެއްގެ ރަމަޝާން މަހަކު އެރޭ އައިސް ބާކީވެ އޮންނާނެއެވެ.) މިކަމަށް ނަވަވީ (رحمه الله) އިޖްމާޢު ނަޤްލުކުރައްވާފައިވެއެވެ. (ކޮންމެ އަހަރެއްގެ ރަމަޝާންމަހުގައި އެެރޭ އައިސް އޮންނާނެ ކަމާއިމެދު)
■ލައިލަތުލް ވިލޭރޭގެ ޢަލާމަތް
●ލައިލަތުލް ވިލޭރޭގެ ޢަލާމާތްތަކުގެ ތެރޭގައި އެދުވަހު ހެނދުނު އިރުއަރާއިރު އިރުގެ ދޯދިތަކެއް ނުހުންނާނެއެވެ.އިރު ހުންނާނީ ދޯދިނެތި ސާފުކޮންނެވެ.
( ނޯޓް: ބުއްދިވެރިއަކީ ލައިލަތުލް ވިލޭރޭ ޙާސިލްކުރުމަށްޓަކައި ރަމަޝާންމަހުގެ ފަހު 10 އެއްކޮށް ގަދައަޅާ މަސަައްކަތްކުރާ އިންސާނާއެވެ).
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم