ޚަބަރު

އެމްޕީ ޝަރީ ކަޕް 2025، މާދަމާރޭ ފެށެނީ

ކެލާ ދާއިރާގެ ރަށްތަކަށް ހުޅުވައިލައިގެން އެމްޕީގެ ރަށް ކަމުގައިވާ ހއ. ފިއްލަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޕީ ޝަރީ ކަޕް 2025، އަންގަބޫލަބުލް ޖޫނިއާސްއާއި، ޔުނިޓީ ސްޕޯރޓްސް ކުލަބުގެ މެޗުން ފައްޓާ ގޮތަށް ހަމަޖެހިއްޖެއެވެ.  

ފާއިތުވެ ދިޔަ ހަފުތާގައި ފިއްލަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ބޭއްވި މި މުބާރާތުގެ ގުރުއަތުލުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަރީފާއި، ދާއިރާގެ 3 ރަށުގެ ކައުންސިލްގެ އިސްވެރިންނާއި، މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އިސް އޮފިޝަލުން  ބައިވެރިވެފައި ވެއެވެ.

ކެލާ ދާއިރާގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އިތުރުކޮށް، ހުނަރުވެރި ކުޅުންތެރިން ދާއިރާގައި އުފެއްދުމުގެ މަތިވެރި މަޤްޞަދުގައި މާދަމާރޭ 8:15ގައި ފެށުމަށް ހަމަޖެހިފައި އެމްޕީ ޝަރީ ކަޕް 2025ގައި ދާއިރާގެ 3 ރަށް ކަމުގައިވާ ކެލާ، ވަށަފަރު އަދި ފިއްލަދޫގެ ޓީމުތައް ބައިވެރިވެފައިވެއެވެ. އަންހެނުންނާއި، ފިރިހެނުންނަށް ވަކި މުބާރާތެއްގެ ގޮތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޕީ ޝަރީ ކަޕް 2025ގައި އަންހެނުނަށް ހޭންޑް ބޯލް އަދި ފިރިހެނުންނަށް ފްޓްސެލް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ.

ދުންފަތާ ދުރަށް -–ކުޅިވަރު މި ސްލޯގަންގެ ދަށުން ބާއްވާ އެމްޕީ ޝަރީ ކަޕް 2025ގެ ފްޓްސެލް ގްރޫޕް އޭގައި ހިމެނެނީ އަންގަބޫލަބުލް ޖޫނިއަރސްއާއި، ޔުނިޓީ ސްޕޯރޓްސް ކުލަބާއި، އަންގަބޫލަބުލްއާއި އަދި ކެލާ ޔޫތު ފޯރަމެވެ. ގްރޫޕް ބީގައި ހިމެނެނީ ގޯއަޕްސް ސްޕޯރޓްސް ކުލަބާއި، ޓު ސްޕޯރޓްސް ކުލަބާއި، އެފްސީ ބައިލައްކައާއި އަދި އާރުބީއެލް ސްޕޯރޓްސް ކުލަބެވެ.

އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން ބާއްވާ ހޭންޑްބޯލްގެ ބައިގައި ކެލާ ޔޫތު ފޯރަމާއި، ގޯއަޕް ސްޕޯރޓްސް ކުލަބާއި، އަންގަބޫލަބުލްއާއި އަދި ސްޕިން ވިޒާރޑް ބައިވެރިވެފައި ވެއެވެ. ހޭންޑްބޯލްގެ މެޗްތައް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ގައެވެ.

މާދަމާރޭ ފައްޓާ އެމްޕީ ޝަރީ ކަޕް 2025ގައި މާދަމާރޭ ވެސް ދެ މެޗެއް ކުޅުމަށް ހަމަޖެހިފައި ވެއެވެ. އެއީ އަންގަބޫލަބުލް ޖޫނިއަރސްއާއި، ޔުނިޓީ ސްޕޯރޓްސް ކުލަބު ވާދަކުރާ މެޗާއި، އަންގަބޫލަބުލާއި، ކެލާ ޔޫތު ފޯރަމް ބައްދަލުކުރާ މެޗެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button