މަގު ކޮނުމުގެ ތެރޭގައި ގެއްލުން ލިބުނު ގެތަކުގެ ފާރުތަކަށް ވަގުތީ ހައްލެއް ގެނެސްދެއްވައިފި

މަގު ކޮނުމުގެ ތެރޭން އިއްޔެ ކެލާގައި ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ގެތަކުގެ ފާރުތަކަށް ވަގުތީ ހައްލެއް ހޯދައިދެއްވައިފިއެވެ.
އެ ގޮތުން ފުރުންމާގޭގެ އުތުރުފަރާތު ފާރުން ވެއްޓުނުބައިގައި އެތެރެ ފަރާތުގައި ފިލައިން ބިތްގަނޑު ޖަހައި މަގުމައްޗާ ވީފަރާތުގައި ޓިނުޖަހައި ނިވާކޮށްދިނުމުގެ އިތުރުން ސަބުދެލިގޭގެ ބޭރުފާރުން ވެއްޓުނުބައި ޓިނުން ބިތްގަނޑެއްޖަހައި ރޭވަނީ ނިންމާފައެވެ.
މި މަސައްކަތްކުރީ، ކެލާ ރޯޑްކޯޕަރޭޝަންގެ މުވައްޒަފުންނެވެ. ރޯޑް ކޯޕަރޭޝަންގެ މަސައްކަތްތަކާ ޙަވާލުވެހުންނެވި ފަތުޙުﷲ ޢަލީ ހާމަކުރެއްވި ގޮތުގައި ގެއްލުން ލިބުނު ފާރުތައް ރޭނުމަށް ބޭނުންވާ ގާއެޅުމުގެ މަސައްކަތް މިއަދު އެ ކޯޕަރޭޝަންގެ މުވައްޒަފުން ވަނީ ކޮށްފައެވެ.
ކެލާގައި އިއްޔެ ހިނގި މި ހާދިސާގައި ފާރުދަށުވި، މުޙައްމަދު ޢަބްދުﷲއަށް މި ވަގުތު ފަރުވާދެމުން އަންނަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.




