ޚަބަރު

ނަޒީ ފިޝިންގއިން މަސްރޭހުގެ 1 ވަނަ ޙާޞިލްކޮށްފި

ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ފެޑޯ ޕްރައިވެޓް ލިމިޓެޑް ގުޅިގެން އިއްޔެ ކެލާގައި ބޭއްވި މަސްރޭހުގެ 1 ވަނަ ނަޒީ ފިޝިންގއިން ހޯދައިފިއެވެ.

1 ވަނައަށް ދާ ޓީމަށް 6000 ރުފިޔާ އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ މި ރޭހުގައި ހާލި ފިޝިންގއާއި، ހިތްވަރާއި، މަޑިބޯއާއި، ނަޒީ ފިޝިންގއާއި، ޓީމް ފޭރާއި، ތުނޑިއާއި، ތޫނުފިއްޔާއި، ގިނިވައްޏާއި، އޮއިވާއްޔާއި، ހުސްބުޅިއާއި، އޯސަން ބީސްޓާއި، އަދި ކެލާ ޕޮލިސް ބައިވެރިއެވެ.

12 ޓީމު ވާދަކުރި މި މަސްރޭހުގެ ފަޚުރުވެރި 1 ވަނަ، ނަޒީ ފިޝިންގއިން ހޯދި އިރު މި ރޭހުގެ 2 ވަނަ ހޯދީ ޓީމު ތޫނުފިއްޔެވެ. 3 ވަނަ ހޯދީ ޓީމު ތުނޑިއެވެ.

ފެޑޯ ޕްރައިވެޓް ލިމިޓޭޑްގެ އެހީތެރިކަމާއެކު ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކުރިއަށް ގެންދިޔަ މި ރޭހުގެ ވަނަތައް ޙާޞިލްކުރި ޓީމުތަކަށް ފައިސާގެ އިނާމު ޙަވާލުކޮށްދެއްވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޙައްވާ ފަޒްނާއެވެ. މި ރޭހުގައި ބައިވެރިވި ޓީމުތަކުން ބޭނި ހުރިހައި މަހެއް ހަދިޔާކުރީ އަންހެނުންގެ ތަރައްޤީއަށް މަސައްކުރާ ކޮމިޓީން މިއަދު ހަވީރު ބާއްވާ ބާބަކިޔު ޙަރަކާތަށެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button