ދީން

137ވަނަ ފިލާވަޅު■■ ރޯދައިގެ ޝަރުޠުތައް (ޝަރުޠުތަކަކީ ރޯދަ ހިފުމުގެ ކުރިން އެފަރާތެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ކަންތައްތަކެވެ.)  ■■

(6)  ނިޔަތްގަތުން (ހިތުން ޤަސްދުކުރުން ރޯދަ ހިފުމަށް) (ފުރަތަމަ ބައި) 

■(1)ރޯދަހިފުމަށް ނިޔަތްނުގަންނަމަ (ރޯދަހިފުމުގެ ޤަސްދު ހިތުން ނުކުރާނަމަ) އެރޯދަ ޞައްޙަވެގެންނުވެއެވެ.: 4 މަޛްހަބު

■ ރޯދައިގެ ނިޔަތް ދުލުން ކިޔާކަށްނުޖެހޭނެއެވެ.■

■(2)(ވާޖިބު) ރޯދަތަކުގެ ފަތިސްވުމުގެ ކުރިން އެދުވަހުގެ ރޯދަހިފުމަށް ޤަސްދުކުރުން (ނިޔަތް) ގަތުން ވާޖިބުވެގެންވެއެވެ :■ ޖުމްހޫރު

■(3)ރަމަޟާންމަހުގެ ކޮންމެ ރޯދައަކަށް ވަކިން ކޮންމެ ދުވަހަކު ނިޔަތް ގަންނަންޖެހޭނެތޯ ނުވަތަ ރަމަޟާންމަސް ފެށުމުން އެއްކޮށް އެމަހު ރޯދަހިފަން ނިޔަތްގަތުމުން ފުދޭނެތޯ ؟ މިކަމާއިމެދު ޢިލްމުވެރިން މެދުގައި ޚިލާފު އުފެދިފައިވެއެވެ :

(1)ކޮންމެ ރޯދައަކަށް ވަކިން ނިޔަތް ގަންނަންޖެހޭނެއެވެ :■ މާލިކީންގެ ބަސްފުޅެއް ، ޝާފިޢީން ، އަޙުމަދުގެ ރިޥާޔަތެއް ، އިބްނު ޙަޒުމް ، އިބްނު ޢުޘައިމީން 

(2)ރަމަޟާންމަސް ފެށުމުން އެއްކޮށް އެމަހު ރޯދަހިފަން ނިޔަތްގަތުމުން ފުދޭނެއެވެ. ކޮންމެ ދުވަހަކު ވަކިން ނިޔަތް ގަންނާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް  ޝަރުޢީ އުޛުރަކާއި ލައިގެން ރޯދަ މެދުކެނޑުމަށްފަހު އަނެއްކާ (ރަމަޟާންމަހު) ރޯދަހިފުން ކުރިއަށް ގެންދާނަމަ އަލުން އަނެއްކާ ނިޔަތް ގަންނަންޖެހޭނެއެެވެ.: ■ޙަނަފީންގެ ބަސްފުޅެއް ، ޙަންބަލީ މަޛްހަބުގެ ޞައްޙަ ގޮތް ، އިބްނު ބާޒު

■(4)ސުންނަތް ރޯދަތަށް ހިފާއިރު ، ފަތިސްވުމުގެ ކުރިން އެރޯދަ ހިފުމަށް ނިޔަތް ގަތުން ޝަރުޠުވެގެންނުވެއެވެ : ޖުމްހޫރު

■ (5)ސުންނަތް ރޯދަ ހިފަން އެދޭ ބޭފުޅެއްނަމަ : ރޯދަ ހިފުމުގެ ނިޔަތް މެންދުރު އިރު ުމެދުޖެހުމުގެ ކުރިން އަދި މެންދުރު އިރު މެދުޖެހުމުގެ ފަހުންވެސް ނިޔަތް ގަނެވިދާނެ އެހެންނަމަވެސް އެއީ ފަތިސް ފަހުން ރޯދަ ޤެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުރިނަމައެވެ.■ މަޛްހަބު ޙަންބަލީ ، ޝާފިޢީންގެ ބަސްފުޅެއް ، ސަލަފުންގެ ބައެއް ބޭފުޅުން ، އިބްނު ތައިމިއްޔާ ، އިބްނު ޢުޘައިމީން 

(ރޯދައިގެ ޘަވާބު ލިބެންފެށޭނީ ރޯދައިގެ ނިޔަތް ގަންނަ ހިސާބުން ފަށައިގެންނެވެ)

(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)

والله أعلم

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button