ހޫނު ޚަބަރުޚަބަރު

ތިލައުތުރު ފުޓްސަލް މުބާރާތް ކެލާގައި ބާއްވަން ނިންމައިފި

ތިލައުތުރު ފުޓްސަލް މުބާރާތް ކެލާގައި ބާއްވަން ނިންމައިފި

އަހަރަކު އެއް ފަހަރު ހއ. އަތޮޅުގެ ރަށްތަކުގެ މެދުގައި އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ތިލައުތުރު ފުޓްސަލް މުބާރާތް މި އަހަރު ކެލާގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ތިލައުތުރު ފުޓްސަލް މުބާރާތް ހޯސްޓް ކުރާނެ ރަށަކީ ހއ.ކެލާ ކަމަށް ނިންމީ، އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 123 ވަނަ ބައްދަލުވުމުގައި ބައިވެރިވި އެންމެހައި މެންބަރުންގެ އިއްތިފާގުންނެވެ.

މި އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ “ތިލައުތުރު ފްޓްސަލް މުބާރާތުގައި” މި އަހަރު، 10 ރަށަކުން ވާދަކުރެއެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ފައިނަލުގައި އުތީމާއި، ވަށަފަރު ވާދަކޮށް ޗެމްޕިއަންކަން ހޯދައިފައި ވަނީ ވަށަފަރު ފުޓްސަލް ޓީމެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button