133ވަނަ ފިލާވަޅު■■ ރޯދައިގެ ޝަރުޠުތައް (ޝަރުޠުތަކަކީ ރޯދަ ހިފުމުގެ ކުރިން އެފަރާތެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ކަންތައްތަކެވެ.) ■■
■(3)ބުއްދިހުރުން ■
■(1)ރޯދަ ވާޖިބުވުމުގައި ބުއްދިހުރި ފަރާތަކަށްވުން ޝަރުޠުވެގެންވެއެވެ. (އެބަހީ : ރޯދަ ވާޖިބުވާނީ ބުއްދިހުރި ފަރާތަކަށެވެ.) : މުސްލިމުންގެ އިއްތިފާޤު
■(2)މޮޔަވުމުގެ ސަބަބުން ބުއްދި ފިލާދިޔުން
(1)މޮޔަވެފައިވާ އިންސާނާއަށް ރޯދަ ވާޖިބުވެގެންނުވެއެވެ.(އަދި ރޯދަ ހިފިޔަސް) ރޯދަ ޞައްޙަވެގެންނުވެއެވެ : މުސްލިމުންގެ އިއްތިފާޤު
(2)މޮޔަަވެފައިވާ އިންސާނާ ، ހޭއެރީ ރޯދަމަހުގެ ދުވާލު ވަޤުތުގައިކަމުގައިވާނަމަ (މިޝާލު : މެންދުރު ގަނޑީގައި ) ރޯދަ ޤެއްލޭކަންތައްތަކުން އެދުވަހުގެ ބާކީބައިގައި (އެބަހީ : އިރުއޮއްސެންދެން) ދުރުހެލިވެ ހުންނަންޖެހޭނެއެވެ. :■ ޙަނަފީ މަޛްހަބު ، އަޙުމަދުގެ ރިވާޔަތެއް ، އިބްނު ތައިމިއްޔާ ، އިބްނު ޢުޘައިމީން (ރަޙިމަހުމު ﷲ)
(3)މޮޔަވެފައިވާ އިންސާނާ، ހޭއުރުމުން (ﷲ ގެ އިޛްނަފުޅާއެކު މޮޔަކަން ފިލުމުން) މޮޔަވެފައިވާ ހާލަތުގައި ޤެއްލިފައިވާ ރޯދަތައް ޤަޟާކުރާކަށް ނުޖެހޭނެއެވެ.އެއީ ކިތަންމެ ގިނަ ރޯދަތަކެއް ކަމުގައިވިޔަސް ނުވަތަ މަދު ރޯދަތަކެއްކަމުގައި ވިޔަސްމެއެވެ. :: އަދި އެރޯދަތައް ޤެއްލުނީ ރޯދަމަހެއް އެއްކޮށްކަމުގަައިވިޔަސް ނުވަތަ ރޯދަމަހުގެ މެދުތެރެއިން ކަމުގައި ވިޔަސް (މޮޔަވެފައިވާ ހާލަތުގައި ޤެއްލިފައިވާ ރޯދަތައް ޤަޟާކުރާކަށް ނުޖެހޭނެއެވެ.) : ■ ޝާފިޢީ މާޛްހަބު، ޙަންބަލީން، އިބްނު މުންޒިރު، އިބްނު ޙަޒުމް، އިބްނު ބާޒު، އިބްނު ޢުޘައިމީން
(4)ފަތިސްވުމުގެ ކުރިން ރޯދައަށް ނިޔަތްގަނެފައި ދެން އެއަށްފަހު މޮޔަވެއްޖެއެވެ. (ފަތިސްވުމުގެ ކުރިން ބުއްދި ފިލާގެން ދިޔައެވެ.) އެއަށްފަހު ދެން ހޭއެރީ އިރުއޮއްސުމަށްފަހުގައި ކަމުގައިވާނަމަ ފަހެ އެރޯދަ ޞައްޙަވެގެންނުވެއެވެ. (އެރޯދަ ޤަޟާކުރާކަށްވެސް ނުޖެހޭނެއެވެ. އެއީ އެވަޤުތު އެއްކޮށް ބުއްދިފިލާފަައިވާތީއެެވެ.) : ޖުމްހޫރު
(5)ރޯދައަށް ހުއްޓައި މީހަކު މޮޔަވެއްޖެކަމުގައިވާނަމަ ، އެރޯދަ ފަހުން ޤަޟާކުރާކަށް ނުޖެހޭނެއެެވެ : ■ ޙަނަފީ މަޛްހަބު ، ޙަންބަލީން ، އިބްނު ޙަޒުމް (ރަޙިމަހުމު ﷲ)
)މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން(
والله أعلم