55 ވަނަ ފިލާވަޅު: ވުޟޫ ގެއްލޭ ކަންތައްތައް (3 މިނެޓް. 46 ސިކުންތު)

● ވުޟޫ ގެއްލޭ ކަންތައްތައް 6 ކެވެ.( މަތުން އަބީ ޝުޖާ ، ޝާފިޢީ މަޛްހަބު)
(3) ފިރިހެނާ އަދި އަންހެނާ، އޭނާގެ ކުރިމަތިފަރާތުގައި އެއްވެސް ހުރަހެެއްނެތި އަތްލުން…
● އެހެންނަމަވެސް ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުގައި ބަޔާންކުރެވިފައިވަނީ މި މައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާކަމަށް.
■ (1)ފިރިހެނާ އޭނާގެ ކުރިމަތިފަރާތުގައި އެއްވެސް ހުރަހެެއްނެތި އަތްލުމުން
(1) ވުޟޫ ޤެއްލޭނެ ■ ޖުމްހޫރު (މާލިކީ، ޝާފިޢީ، ޙަންބަލީ)، ސަލަފުގެ ބައެއް ބޭކަލުން، ޝައުކާނީ ބޮޑަށް ވަޑައިގަންނަވާ،އިބްނު ބާޒު ( ރަޙިމަހުމު ﷲ)
(2) ވުޟޫ ނުޤެއްލޭނެ ■ ޙަނަފީ މަޛްހަބު، މާލިކީންގެ ބައެއް ބޭކަލުންގެ ބަސްފުޅު، ޙަންބަލީންގެ ރިވާޔަތެއް ، ސަލަފުގެ ބައެއް ބޭކަލުން، އިބްނު މުންޒިރު، އިބްނު ތައިމިއްޔާ ، އިބްނު ޢުޘައިމީން
(ރަޙިމަހުމު ﷲ)
■ (2)އަންހެނާ އޭނާގެ ކުރިމަތިފަރާތުގައި އެއްވެސް ހުރަހެެއްނެތި އަތްލުމުން
(1) ވުޟޫ ޤެއްލޭނެ ■ ޝާފިޢީ މަޛްހަބު ، ޙަންބަލީ މަޛްހަބު ،އިބްނު ބާޒު (ރަޙިމަހުމު ﷲ)
(2) ވުޟޫ ނުޤެއްލޭނެ ■ ޙަނަފީ މަޛްހަބު، މާލިކީ މަޛްހަބު، ޙަންބަލީންގެ ރިވާޔަތެއް ( ރަޙިމަހުމު ﷲ)
والله أعلم
