ޖޫނިއަރ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފީރޯޒު ހޯދައިފި
ކެލާ ޝައިޚް އިބްރާހީމް ސުކޫލުގެ ހައުސްތަކުގެ މެދުގައި ބޭއްވި ޖޫނިއަރ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފީރޯޒު ހައުސް ހޯދައިފިއެވެ. މިއަދު ހަވީރު ކުޅެވުނު ފައިނަލް މެޗްގައި ފީރޯޒު ހައުސް ޗެމްޕިއަންކަން ހޯދީ ޔާގޫތު ހައުސްއާ ވާދަކޮށް 2 ލަނޑު 1 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެމްޕިއަންކަން ހޯދި ފީރޯޒު ހައުސްގެ އިބްރާހީމް ނާވީއެވެ.
ފައިނަލް މެޗް ޝަރަފުވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް ޙަވާލުކޮށްދެއްވީ ސުކޫލުގެ ޕީޓީއޭގެ ޚަޒާންދާރު އަލްފާޟިލް މުޙައްމަދު އިބްރާހީމެވެ. އަދި ރަނައަޕް ޓީމަށް މެޑަލް ޙަވާލުކޮށްދެއްވީ ވެސް ޚަޒާންދާރު މުޙައްމަދު އިބްރާހީމެވެ.
ނިމި ދިޔަ ޖޫނިއަރ ފުޓުބޯޅަ މުބާރާތުގެ ވަނަތައް ޙާޞިލްކުރި ދަރިވަރުން
މުބާރާތުގެ އެންމެ މޮޅު ފޯވާޑް: މުޙައްމަދު ޙާޝިއު ފީރޯޒު ހައުސް
މުބާރާތުގެ އެންމެ މޮޅު ފޯވާޑް: ޢަބްދުﷲ ޔުއާން ޔާގޫތު ހައުސް
މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑް: މުޙައްމަދު ކައިފް ފީރޯޒު ހައުސް
މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑް: ޔުއާން ފަޔާޒް ފީރޯޒު ހައުސް
މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރ: މުޒާހިމް ފީރޯޒު ހައުސް
މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރ: އިބްރާހީމް ނާވީ ފީރޯޒު ހައުސް
މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރ: ޙުސައިން ނާވީ ޔާގޫތު ހައުސް
މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ: ޔުއާން ޝިފާއު ފީރޯޒު ހައުސް
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: ޔުއާން ޝިފާއު ފީރޯޒު ހައުސް
ރަނައަޕް ހައުސް: ޔާގޫތު ހައުސް
ޗެމްޕިއަން ހައުސް: ފީރޯޒު ހައުސް
“ތިލަ އުތުރު” އަށް މަޢުލުމާތު ލިބިފައިވާ ގޮތުގައި، ސުކޫލުގެ ކުޅޭ ބިމުގައި ކުރިޔަށް ދިޔަ ޖޫނިއަރ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗްގެ ކުޅިބެލުމަށް ޓަކައި ގިނަ ޢަދަދެއްގެ ބެލެނިވެރިންނާއި، ދަރިވަރުން ސުކޫލުގެ ކުޅޭ ބިމަށް ޙާޒިރުވިއެވެ. ކުޅިވަރުގެ ރޫޙް ދިރުވާ އާލާކޮށް، ވާދަވެރި މާޙައުލެއްގައި ކުޅިވަރު ކުޅުމުގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ މަޤްޞަދުގައި ޝައިޚް އިބްރާހީމް ސުކޫލުން ބޭއްވި މި މުބާރާތް އޮތީ ހުސްވި އޯގަސްޓް މަހުގެ 25 އިން 2 ސެޕްޓެންބަރގެ ނިއަލަށެވެ.