ޚަބަރު

ހެޔޮ ޢަމަލު ކުރުމުގައި ދެމިހުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފި

ހެޔޮ ޢަމަލު ކުރުމުގައި ދެމިހުރުމަށްް 2026 ވަނަ އަހަރުގެ މާރިޗުމަހުގެ މަހުގެ 13 ވަނަ ދުވަހުގެ ހުކުރު ޚުޠުބާގައި ގޮވައިލައްވައިފިއެވެ. ”ރަމަޟާން މަހަށް ފަހު ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބޭށެވެ!” މި މަޢުޟޫއަށް މިއަދު އިއްވި ޚުޠުބާގައި ބުނެފައިވަނީ ރަމަޟާން މަސް އަހަރެމެންނާ އަލްވަދާޢުކިޔަނީ ކަމަށާއި، ނަމަވެސް، ހެޔޮ ޢަމަލުކުރުމަކަށް ނިމުމެއް ނާންނާނެކަމަށެވެ. އެހެންކަމުން އަހަރެމެންނަށް އޮތީ ޔަޤީންވެގެންވާ މަރު އަހަރެމެންނާ ބައްދަލުކޮށްފުމަށް ދާންދެން ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބުން ކަމަށެވެ.

ހުކުރުޚުޠުބާ ފައްޓަވާފައިވަނީ އެންމެހައި ޙަމްދު ޘަނާ ތަޢުރީފު ޙައްޤުވެގެންވަނީ ގަދަކިރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް  ކަމާއި އަޅަމެން ފާފަފުއްސެވުމަށާއި ކަންކަމުގައި އެހީތެރިކަމާއި، ވާތްގަށް އެދެނީ އެކަލާނގެ ޙަޟުރަތުންކަން ހަނދާންކޮށްދެއްވާފައިވާ ވެއެވެ. މުޙައްމަދުގެފާނީ މާތްﷲ ގެ އަޅާ އަދި ރަސޫލާކަމަށް އެކިވުމާއެކު އެކަލޭގެފާނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރައްވާފައި ވެއެވެ. އަދި އެ ޞަލަވާތާއި ސަލާމުގައި އެ މާތް ރަސޫލާގެ އާލު އަޞްޙާބުންނާއި ހެޔޮގޮތުގައި ތަބަޢަވީ އެންމެން ޝާމިލް ކޮށްފައި ވެއެވެ. ހަމައެހެންމެ މާތްﷲ އަށް ތަޤުވާގެރިވުމަށާއި މާތްﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންކުރެވޭ އެހެންފަތާރެއް ނުވާކަމަށާއި އެކަލާނގެއަށް ޝަރީކުނުކުރުމަށް ހުރިހާ މުސްލިމުންނަށް ހަނދާންކޮށްދެއްވާފައި ވެއެވެ.

ޚުޠުބާގައި ފާހަގަކުރި ގޮތުގައި، ރަމަޟާންމަސް އަހަރެމެންނާ ވަކިވަމުންދާއިރު، ހަނދާންކުރަންޖެހޭ އެންމެ މުހިންމު ޙަޤީޤަތަކީ އަޅުކަންކުރުމަކީ ވަކި މޫސުމަކަށް އޮތް ކަމެއް ނޫން ކަމެވެ. މާތް ﷲ އިންސީންނާއި، ޖިންނީން ޚަލްޤުކުރެއްވީ ހަމައެކަނި އެ ކަލާނގެއަށް އަޅުކަންކުރުމަށެވެ. އެހެންކަމުން، މަރު އަހަރެމެންނާ ބައްދަލުކުރަންދެން ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ.

މީގެ އިތުރުން އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭކަމެއް ނޫނެް ކަމަށާއި، މުއުމިނުންގެ މުޅި ޙަޔާތުގައި ވެސް އަޅުކަންކުރާން ޖެހޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވާ ކަމަށާއި، ރަމަޟާންމަހަކީ އެ ފަދަ މޫސުމެއް ކަމަށް ޚުޠުބާގައި ހާމަކުރެއްވިއެވެ. އަދި ހެޔޮ ޢަމަލެއްކުރުމަށް ފަހު، އެންމެ މުހިންމުކަމަކީ، އެ ޢަމަލު ޤަބޫލުކުރައްވާތޯ ދެންނެވުމާއި، އެ ކުރެވުނު ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް އެދި ދުޢާކުރުން ކަމަށް ވެސް ޚުތުބާގައި ހާމަކުރެއްވިއެވެ. 

ހެޔޮ ޢަމަލުތަކުގެ ތެރެއިން ޝައްވާލުމަހުގެ ހަ ރޯދައަކީ ރަމަޟާން މަހަށް ފަހު ލިބިގެންދާ މުހިންމު ފުރުޞަތެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވާ ފަދައިން، ރަމަޟާންމަހުގެ ރޯދައަށްފަހު ޝައްވާލުމަހުގެ ހަ ރޯދަ ހިފައިފި މީހަކަށް މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ސަވާބު ލިބިގެންވެއެވެ. މީގެ އިތުރުން، ފާފަ ފުއްސެވުމަށް އެދި ގިނަގިނައިން އިސްތިޣުފާރުކޮށް ތައުބާވުމަކީ ﷲގެ ރަޙުމަތަށް އެދޭ މީހާ އަވަސްވެގަންނަންޖެހޭ ކަމެކެވެ.

ޚުޠުބާ ހާމަކުރެއްވި ގޮތުގައި އަހަރެމެންގެ އެންމެ ފަހުގެ މަންޒިލަކީ އާޚިރަތެވެ. އެ ތަނުގައިވާ ސުވަރުގެއަކީ އޭގެ ނިޢުމަތްތައް ބަޔާންކޮށް ކޮޅުންނުލާނެ މަތިވެރި ތަނެކެވެ. ސާފު ފެނާއި، ކިރާއި، މާމުޔާއި، މީރު ރަލުގެ އާރުތަކުން ފުރިގެންވާ އެތަނަށް ވަދެވޭނީ ދުނިޔޭގައި ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބި މީހުންނަށެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button