ޚަބަރު

ތާރީޚީ މެޗުން ދިއްދޫ އުންމީދުއާކޮށްދީފި

ދިވެހި ޕްރިމިއަރ ލީގުގައި އިއްޔެ ދިއްދޫގައި ކުޅުނު ތާރީޚީ މެޗުން ދިއްދޫއަށް އުންމީދެއް ގެނެސްދީފިއެވެ. 

ރާއްޖޭގެ ފުޓުބޯޅައިގެ ބާރެއްގެ ގޮތުގައި ބެލެވެމުން އަންނަ ނިޔުރޭޑިއަންޓް ސްޕޯރޓްސް ކުލަބާއެކު އިއްޔެ ދިއްދޫގައި، ދިއްދޫ ކުޅުނު މެޗު 2 ލަނޑު 2 ލަނޑުން އެއްވަރުވުމަކީ ބޮޑު ކާމިޔާބެކެވެ. ޚާއްޞަކޮށް ލީޑުގައި ދިއްދޫ އޮވެ، ރެފުރީގެ ފަހު ކަށިގަނޑާ ހަމައަށް މެޗު ދިޔަކަން އެއީ ދިއްދޫ ޓީމުގެ ފެންވަރު ވަރަށް ރަނގަޅަށް ހާމަކޮށްދިން ކަމެކެވެ.

މި މުބާރާތުގައި މިހާތަނަށް ދިއްދޫ ކުޅުނު 4 މެޗުން ދެ މެޗުން ކުޑަ ތަފާތަފާތަކުން އެ ޓީމު، ބަލިވެފައި ވިޔަސް އެއް މެޗުން މޮޅުވެ، އިއްޔެގެ މެޗުން އެއްވަރުވެ، ޕޮއިންޓެއް ލިބުމަކީ މުބާރާތުގައި ދިއްދޫއާ މެދު އަތޮޅުގެ އެންމެހާ ރައްޔިތުން ފަޚުރުވެރިވާން ޖެހޭ ސަބަބެކެވެ.

ރާއްޖޭގެ އުތުރުގެ ރަށެއްގައި ފުރަތަމަ ފަހަރަށް ޕްރިމިއަރ ލީގުގެ މެޗެއް ކުޅުމުގެ ޝަރަފު ޙާޞިލްކުރެއްވި ދިއްދޫގައި އިއްޔެ ކުޅުނު މި މެޗު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި އަދި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ރާފިޢުއެވެ. މި މެޗުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރ އަލްފާޟިލް ޢަބުދުއްލަޠީފާއި، އެފްއޭއެމް ރައީސް އަޙްމަދު ޠާރިޤުގެ އިތުރުން ދިވެހި ފުޓުބާޅައިގެ މަޝްހޫރު ބައެއް ލެޖެންޑުން ބައިވެރިވެވަޑައިގެންނެވިއެވެ.  

އިއްޔެގެ މެޗުގައި ފުރަތަމަ ހާފުގެ ފުރަތަމަ 15 މިނެޓްތެރޭ ދިއްދޫ ޓީމުގެ އުފާލް ޢަބްދުﷲއާއި، ޓެޓޭ ގިޑެއޯން ޖެހި ލަނޑާއެކު ބޮޑު ލީޑެއްގައި އޮވެ ނިމެމުން ދަނިކޮށް ފުރަތަމަ ހާފު ނިމުނީ ނިއުގެ ދަނގަޑޭ ޖެހި ލަނޑާއެކު 2-1ގެ ތަފާތުން ދިއްދޫ ކުރީގައި އޮވެއެވެ. ނަމަވެސް ފަހު ހާފުގެ އިތުރު ވަގުތުތެރޭ ނަތީޖާ އެއްވަރުވީ ނިއުގެ މުޙައްމަދު ނާއިމް ޖެހި ލަނޑުގެ ސަބަބުންނެވެ.  ލީގު ތާވަލުގައި މި ވަގުތު ދިއްދޫ އޮތީ 7 ވަނާގައެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

Leave a Reply

Your email address will not be published. Required fields are marked *

Back to top button