ރައީސްގެ މާލީ އިޞްލާޙުތަކުގެ ފައިދާ ޤައުމަށް އަންނަނީ ފެންނަމުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ބަޔަކު ގެންގުޅުއް ދޯހޮޅި ސިޔާސަތުތަކެއްގެ ސަބަބުން ދިވެހިރާއްޖެ ބަގުރޫޓްވެފައި އޮއްވާ ކަމަށް ދެންނެވުމަކީ ޙަޤީޤަތާޚިލާފަށް ދަންނަވައި ވާހަކައެއް ނޫނެވެ.
ކުރީގެ ރައީސުން އުފެއްދި އާދަޔާޚިލާފު ދަރަނިތައް އަތްގުޅަނުކާވަރަށް އޮތެވެ. ފެނަކަ ފަދަ ސަރުކާރުގެ ކުންފުނިތައް އޮތީ ދަރަނިވެރިވެފައެވެ. ސަރުކާރުގެ އެތައް އޮފީހެއްގައި ފައިސާ ނުދައްކާ ހުރި ބިލުތައް ފުނި ޖެހިފައި އޮތެވެ. އަމިއްލަ ކުންފުނިތަކަށް މުޅި ދައުލަތް އޮތީ ދަރާފައެވެ.
ލޮލުގައި އަނދުން އެޅުވުމަށް އެއްވެސް ރަށެއްދޫނުކޮށް ފެށި މަދު ޕްރޮޖެކްޓެއް ނިންމާލިއަސް ނިންމި ޕްރޮޖެކްޓްތަކަށް ވެސް ފައިސާ ހުރީ ދޫނުކޮށެވެ.
އެ ހުރިހާ ހޮންޖެހުންތަކުން އަރައިގަތުމަށް، އެ ގޮތް މި ގޮތުން ވިސްނުންފުޅު ހިންގަވައި ރައީސް ފެއްޓެވި މާލީ އިޞްލާޙުތަކުގެ ހެޔޮ ނަތީޖާ މިއަދު މުޅި ދުނިޔެއަށް އެ ދަނީ ފެންނަމުންނެވެ.
ހުރި ގޮންޖެހުންތައް ތަޙައްމަލްކިރައްވަމުން، ޤައުމުގެ ފުދުންތެރިކަން ހުރި މިންވަރުން ރައީސްގެ ރިޔާސީ ވަޢުދުތައް ފުއްދެވުމަށް އަންނަނީ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.
ރައްޔިތުންގެ މަޞްލަޙަތުތައް އިސްކުރައްވާ ރައްޔިތުންގެ ފަޅީގައި ޚުދު އެ މަނިކުފާނު ހުންނަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ބައިނަލްއަޤުވާމީ ދުނިޔޭގެ ތަޢުރީފު އަންނަނީ ލިބިވަޑައިގަންނަވަމުންނެވެ.
އެ ގޮތުން ބަލައިއިރު ބައިނަލްއަޤުވާމީ ކުރެޑިޓް ރޭޓިންގ އެޖެންސީން، ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކުރުމަކީ ޙަޤީޤަތުގައި ވެސް ބޮޑު ކާމިޔާބެކެވެ. ރައީސްގެ މާލީ ސިޔާސަތުތައް ވަރުގަދަކަމުގެ ހެތްކެކެވެ.




