ހޫނު ޚަބަރުޚަބަރު

ކެލާގެ އައްވަލުލް ޙާފިޡަށް މަރުޙަބާ ދެންނެވުމަށް ކެލާ ޔޫތު ފޯރަމުން ޙަފުލާއެއް ބާއްވައިފި

ކެލާ ޔޫތު ފޯރަމްގެ ފަރާތުން އެ ޖަމްޢިއްޔާގެ ހޯލުގައި ރޭ  ބޭއްވި ޝަރަފުގެ މި ޙަފުލާގައި އަލްޙާފިޡު ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހުގެ އިތުރުން އެ ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކެލާގެ އައްވަލުލް ޙާފިޒަށް މަރުޙަބާދެންނެވުމަށް ރޭ ބޭއްވި މި ޙަފުލާގައި އެ ޖަމްޢިއްޔާއިން ޢައްޔާޝަށް ވަނީ ރަތްދޫލައިގާ މަރުޙަބާ ދަންނަވާފައެވެ.

ކެލާގެ ކައުންސިލްގެ ރައީސާއި، މެންބަރުންނާއި، ޑަބްލިޔޫޑީސީގެ ރައީސާއި، ކެލާ ޕޮލިސް ސްޓޭޝަންގެ އިސްވެރިޔާގެ އިތުރުން ޖަމްޢިއްޔާގެ ކަންކަމުގައި ޙަރަކާތްތެރިވާ ބައެއް ފަރާތްތައް ވެސް ބައިވެރިވި މި ޙަފުލާގައި ޢައްޔާޝްގެ ކާމިޔާބުގެ ޝަރަފުގައި، ޚާއްޞަ ފިލައެއް ކެލާ ޔޫތު ފޯރަމްގެ ރައީސް އިބްރާހީމް ޢާމިރު ޢުޘްމާނު ވަނީ އަލްޙާފިޡު ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހަށް އަރުވާފައެވެ. 

ކެލާ ޔޫތު ފޯރަމަކީ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ  ޖަމްޢިއްޔާއެކެވެ. ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުން ވެސް އެ ޖަމްޢިއްޔާ ވަނީ ބަލައިގެން ކިޔެވުމުންނާއި އަދި ހިތުން ކިޔެވުމުގެ ގޮފިން ފަޚުރުވެރި އެއް ވަނަ ޙާޞިލްކޮށްފައެވެ. 

ރޭ އޮތް މި ޙަފުލާގައި ޙާފިޡު ޢައްޔާޝްގެ މަންމައާއި، ބައްޕަ ވެސް ބައިވެރިވެލެއްވިއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button