ޚަބަރު

1446 ވަނަ އަހަރުގެ ބޮޑު ޢީދު ޙަރަކާތްތައް ކެލާ ކައުންސިލާ ގުޅިގެން، ކެލާގައި ކުރިއަށް ގެންދިޔުމަށް ކެލާ ޔޫތު ފޯރަމާ ރަސްމީކޮށް ޙަވާލުކޮށްފި

1446 ވަނަ އަހަރުގެ ބޮޑު ޢީދު ޙަރަކާތްތައް ކެލާ ކައުންސިލާ ގުޅިގެން، ކެލާގައި ކުރިއަށް ގެންދިޔުމަށް ކެލާ ޔޫތު ފޯރަމާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ. އެ ކަމާ ގުޅިގެން ކެލާ ކައުންސިލުން ކުރި އިޢުލާނަށް ހަމައެކަނި ޕްރޮޕޯސަލް ހުށަހެޅި ފަރާތްކަމުގައިވާ ކެލާ ޔޫތު ފޯރަމަށް އެ މަސައްކަތް ޙަވާލުކުރީ މިއަދު އެ ކައުންސިލްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކެލާ ޔޫތު ފޯރަމްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫތު ފޯރަމްގެ ރައީސް އަލްފާޟިލް އިބްރާހީމް ޢާމިރު ޢުޘްމާނެވެ. އެ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަބްދުﷲ އިންފާޒެވެ.

“ޢީދު މަހާސަމާ 1446 – ހއ. ކެލާ”ގެ ނަމުގައި  ކުރިއަށްގެންދާ މި އަހަރުގެ ޢީދު ޕްރޮމޯޝަން ލަވަ ކުރިއަށް އޮތް 10 ވަރަކަށް ދުވަހުތެރޭ ސޯޝަލްމީޑިއާއަށް ދޫކޮށްލުމަށް އެ ޖަމްޢިއްޔާއިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މި ފަހަރުގެ ޢީދު ކުލަގަދަކޮށް ކެލާގައި ފާހަގަކުރުމަށް ވާންޖެހޭ ތައްޔާރީތައް ރަށާއި، އަދި މާލޭގައި ވެސް ކުރިއަށް ގެންދާ އިރު ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ރައީސް ޢާމިރުސަރ ވިދާޅުވިއެވެ.

މި ޢީދުގައި ގޮމަ ގުރޫޕާއި، ހަނިމާދޫ ބޭންޑާއި، މުލީ ލަނގިރި ގުރޫޕުގެ އިތުރުން ކެލާގެ ދެ ޖިންސުގެ ފަރި ޙަރަކާތްތަކާއި، ސަގާފީ ކުޅިވަރުތަކުގެ އިތުރުން ފޯރި ގަދަ ބައެއް މުބާރާތްތައް ބޭވުމަށް ހަމަޖެހިފައި ވެއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button