158 ވަނަ ފިލާވަޅު : ރޯދަ ޤެއްލޭ އަދި ނުޤެއްލޭ ޒަމާނީ މައްސަލަތައް (ތިންވަނަ ބައި)

13)ތެޔޮ ހިމެނޭ ގައިގައި އުގުޅާ ތަކެތި ointments ، ބޭހުގެ ގޮތުގައި އުގުޅާ ކުރީމް ފަދަ ތަކެތި
(ވޭސްލިން) ، ބޭސް މަލަން patchs (އެކި އެކި ކަންކަމަށް ބޭނުންކުރާ މަލަން ހިމެނޭ : ދުންފަތުގެ އިސްތިއުމާލު ހުއްޓާލުމަށް އަޅާ މަލަންވެސް) މީގެ ބައެއް މަލަންްތައް ހަށިގަނޑުގައި ދޭތެރެއިން ލާފައި ލެތަށް އެބޭހުގެ އަޘަރުކުރާގޮތަށް ހުރޭ) : ރޯދައެއް ނުޤެއްލޭނެ
(14)ދުންފަތުގެ އިސްތިއުމާލު ހުއްޓާލުމަށް އަޅާ މަލަނެއް (ޕެޗެއް) (nicotine patchs) (އެ މަލަން އެޅުމުން ލެޔަށް އޭގެ އަޘަރުތައްކުރޭ )… މި ތައްކުރާނީ އާއްމުކޮށް ހަންގަނޑުގައި (އާއްމުކޮށް އަތުގައި) . ސިގިރޭޓުގައި ހުންނަ ނިކޮޓިން މާއްދާގެ އަޘަރު މި ޕެޗް (މަލަން) ތައްކުރީމައި ހަށިގަނޑަށް ފޯރުކޮށްދޭނެއެވެ. ލެޔަށް އަޘަރުކުތަނެއެވެ. ސިގިރޭޓު ހުއްޓާލަން ބޭނުންވާ ބޭފުޅުން މަދުން މަދުން މީގެ މި ޕެޗް (މަލަން) ޑޯސްތައް ތައްކުރަމުން ދާނީ… މިއިން ރޯދައެއް ނުޤެއްލޭނެ.
(15)ޑައިލެސިސް ހަދާއިރު އާންމުކޮށް Dialysis ● ހަށިގަނޑަށް ހަކަތަ (ބާރު) ލިބޭ މައްދާި ނުވަތަ ޤުލްކޯސް ހިމެނޭ މާއްދާ ބޭނުންކުރާނަމަ މިހާލަތުގައި ރޯދަ ޤެއްލޭނެއެވެ . އެހެންނަމަވެސް ހަށިގަނޑަށް ބާރުލިބޭ ފަދަ މާއްދާއެއް ބޭނުންނުކުރާނަމަ މިހާލަތަުގައި ރޯދަ ނުޤެއްލޭނެއެވެ..(ފާޅުވަނީ އެގޮތަށެވެ.) (އެބަހީ : ހަށިގަނޑުން ނަގާ ލޭތައް ފިލްޓާ ކޮށްފައި އަނެއްކާ ހަށިގަނޑަށް ރުޖޫޢަކުރާނަމަ ރޯދަ ނުޤެއްލޭނެއެވެ ….والله أعلم ) (ނޯޓް : ޑައިލެސިސް ހަދަނީ ކިޑްނީ ފެއިލްވެ ހަށިގަނޑުގައި ހުންނަ ވިހަ މާއްދަތައް ސާފުނިކުރެވޭތީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ސާފުކުރުމަށް …ބަލި ބޭފުޅާގެ ލޭތައް ހަށިގަނޑުން ނަގާފައި އެލޭތައް ސާފުކޮށްފައި އެލޭތައް އެބޭފުޅާގެ ގަޔަށް އެޅުން..)
(16)އަންހެނާގެ ކުރިމަތި ފަރާތް ސާފުކުރުން vaginal washing ( އެކުރެވިދާނެ ސައިބޯނި ލައިގެން ނުވަތަ އެކަމަށް ޚާއްޞަކޮށް ދޮންނަން ހުންނަ ބާވަތެެއް ބޭނުންކޮށްގެންވެސް)… މިހާލަތުގައި މާއިދާއަށް ވާސިލެއްނުވާނެއެވެ. އަދި ރޯދަ ޤެއްލޭ ސަބަބެއް މިކަމަކު ނެތެވެ.
(17)އަންހެންމީހާގެ ކުރިމަތިފަރާތަށް ޖަހާ ގުޅައަކުން vaginal suppositories (އާއްމުކޮށް އެހިސާބު އިންފެކްޝަން އުފެދުނީމައި ބޭނުންކުރާނެ)، އަންހެންމީހާގެ ކުރިމަތިފަރާތް އެކްޒާމްކުރުމަށް (ބެލުމަށް) ބޭނުންކުރާ އާލާތަކުން vaginal speculum، ޑޮކްޓަރުގެ އިނގިލި ބޭނުންކޮށްގެން އަންހެނާގެ ކުރިމަތިފަރާތުގައި މައްސަލައެއް ހުރިތޯ ބަލާބެލުމުން…ރޯދައެއް ނުޤެއްލޭެނެ….
(މައުލޫމާތު ނެޤިފައިވަނީ : المفطرات الصيام المعاصرة (މިޒަަމާނުގެ ރޯދަ ޤެއްލޭ ކަންތައްތައް) ، އުސްތާޛު .ޑރ އަޙުމަދު ބުން މުޙަަައްމަދުލް ޚަލީލު )
والله أعلم