ޚަބަރު

ކެލާ ޔޫތު ފޯރަމް ސްޕޯރޓްސް އެކެޑަމީގެ ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކަނބުލޮ އަދި ކަމަނަ  ހޯދައިފި

މި މަހުގެ 9 އިން 12 އަށް ކުރިޔަށް ދިޔަ، ކެލާ  ޔޫތު ފޯރަމް ސްޕޯރޓްސް އެކެޑަމީގެ ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން  ކަނބުލޮ އަދި ކަމަނަ ހޯދައިފިއެވެ. 

ކެލާ ޔޫތު ފޯރަމްގެ ހޭންޑް ބޯޅަ ކޯޓުގައި ކުޅެވުނު މި މުބާރާތުގެ ސީނިޔަރ ބައިގެ ޗެމްޕިޔަންކަން ކަމަނަ ހޯދީ ފައިނަލުގައި ރަންކޮކާ ޓީމާ ބައްދަލުކޮށް 11 ލަނޑު 4 ލަނޑުން ޓީމު ރަންކޮކާގެ މައްޗަށް ކުރި ހޯދައި ގެންނެވެ. 

ޖޫނިޔަރބައިގެ ޗެމްޕިޔަންކަން ކަނބުލޮ ހޯދީ ފައިނަލުގައި ޓީމު ރަންކޮކާގެ މައްޗަށް 1 ލަނޑުގެ ތަފާތުން ކުރިހޯދައިގެންނެވެ.

ފައިނަލް މެޗުގެ ކުއީން އޮފް ދަ މެޗުގެ ގޮތުގައި ހޮވުނީ ސީނިޔަރބައިން ކަމަނަ ޓީމުގެ ފާޠިމަތު ޔަނާއެވެ. ޖޫނިޔަރ ބައިން ހޮވުނީ ކަނބުލޮ ޓީމުގެ މީޝާ ސާހެވެ.

ކެލާ ކައުންސިލުގެ އަންހެން މެންބަރ ޚަދީޖާ މަޢުރިފާ ޝަރަފުވެރިކޮށްދެއްވި ފައިނަލް މެޗުތައް ނިމުމުން ފައިނަލް މެޗުތަކުގެ ކުއީން އޮފް ދަ މެޗަށް ހޮވުނު ކުޅުންތެރިންނަށާ، މުބާރާތުގެ ވަނަވަނައަށް ދިޔަ ޓީމުތަކަށް އިނާމާއި ހަނދާނީ ލިޔުން ބައްސަވައިދެއްވީ ކެލާ ކައުންސިލުގެ އަންހެން މެންބަރ ޚަދީޖާ މަޢުރިފާއެވެ.

ކެލާ ޔޫތު ފޯރަމް ސްޕޯރޓްސް އެކަޑަމީން ހިންގި މި މުބާރާތް ކާމިޔާބުކަމާއެކު ނިންމާލުމުގައި އެކަޑަމީގެ ދަރިވަރުންގެ ބެލެނިވެރިން ވެ ދެއްވި އެހީތެރިކަމަށް ޖަމްޢިއްޔާގެ ރައީސް ޢާމިރު ޢުޘްމާނު ޝުކުރު ދެންނެވިއެވެ. އަދި އިނާމު ހުށަހެޅުއްވި އެންމެހައި ފަރާތްތައް ޖަމްޢިއްޔާގެ ރައީސްގެ ޝުކުރުގައި ޝާމިލްކުރެއްވިއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Check Also
Close
Back to top button