ހޫނު ޚަބަރުޚަބަރު

”މަންތާ އެއާ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026”ގައި ކެލާ ވާދަކުރަނީ

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި، އެ ރަށު ކައުންސިލް ގުޅިގެން ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ ގައި އެންމެ ފަހުގެ ޗެންޕިއަން، ކެލާ ވެޓެރަންސް ވޮލީ ޓީމު ވާދަކުރާ ގޮތަށް ހަމަޖެހިފައިވާކަމަށް މި މުބާރާތުގެ އެންމެ މޮޅު ވެޓެރަންސް ކުޅުންތެރިޔާގެ މަޤާމު ޙާޞިލްކޮށްފައިވާ ޢަލީ ޒިޔާމު ވިދާޅުވެއްޖެއެވެ.

ތިލައުތުރު ނޫހަށް މައޫލޫމާތު ދެއްވަމުން ޢަލީ ޒިޔާމު ވިދާޅުވީ، ހއ. އާއި ހދ. އަތޮޅުގެ 10 ރަށަކުން ވާދަކުރާ މި ވެޓެރަންސް ވޮލީ މުބާރާތުގައި، އެ ޓީމުން ކުޅޭ ފުރަތަމަ މެޗު މި މަހުގެ 4 ގައި ހަނިމާދޫއާއެކު ކުޅުމަށް ހަމަޖެހިފައިވާ ކަށެވެ.

ނިޔާ އެކަޑެމީން ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ، 35 އަހަރުން މަތީގެ ފަރާތްތަކަށް އަމާޒުކޮއްގެން ބާއްވާ މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ އެ ޢުމުރުގެ މީހުން ވެސް ކުޅިވަރަށް އަޙުލުވެރިކުރުވާ، ކަސްރަތާއި ދުޅަހެޔޮކަމަށް އިސްކަންދިނުމާއެކު، ވާދަވެރި މާޙައުލެއްގައި ކުޅިވަރު ކުޅުމުގެ ފުރުޞަތު އެ ފަރާތްތަކަށް ތަނަވަސްކޮށްދިނުމެވެ.

މި ހިނގާ  ސެޕްޓެންބަރު މަހުގެ 4 -18 އަށް މުރައިދޫގައި ކުރިއަށްދާ މި މުބާރާތުގައި ކެލާ ހިމެނިފައި ވަނީ ގުރޫޕު އޭގައެވެ. މި ގުރޫޕުގައި ހއ. ކެލާއާއި، ހދ. ހަނިމާދުގެ އިތުރުން ހިމެނިފައި ވަނީ ހއ. ވަށަފަރާއި، ހދ. ފިނޭއާއި އަދި މުބާރާތް ބާއްވާ ރަށް ކަމުގައިވާ ހއ. މުރައިދޫއެވެ.

ގުރޫޕު ބީގައި ހިމެނެނީ ހދ.ނޮޅިވަރަމާއި، ހއ. ދިއްދޫއާއި، ކުޅުދުއްފުށީ ސިޓީއާއި، ހއ. ފިއްލަދުއާއި އަދި ހއ. ބާރަށެވެ. މި މުބާރާތުގެ ޗެމްޕިއަންޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނަރަޕް ޓީމަށް ދިނުމަށް ކަނޑައަޅާފައި ވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button