ޚަބަރު

ކާވާ އިންޓަރނޭޝަނަލް ރެފުރީ ބެޖު ހއ. ކެލާ އަންނާރުމާގޭ، މުޙައްމަދު ވަޙީދު ޙާޞިލްކޮށްފި

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިންޓަނޭޝަނަލް ރެފުރީ ބެޖު ހއ. ކެލާ އަންނާރުމާގޭ އަލްފާޟިލް މުޙައްމަދު ވަޙީދު ޙާޞިލްކޮށްފިއެވެ. މުޙައްމަދު ވަހީދު މި ބެޖު ޙާޞިލްކުރެއްވީ، ކާވާ އިންޓަނޭޝަނަލް ވޮލީބޯލް ރެފުރީ ކޯސް ފުރިހަމަކުރުމަށް ފަހުގައެވެ.

ކާވާގެ މައި އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ބެޖު މުޙައްމަދު ވަޙީދާ، ޙަވާލުކޮށްދެއްވީ ކާވާގެ ރައީސް އަލްފާޟިލް މުޙައްމަދު ލަޠީފެވެ. މި ރަސްމިއްޔާތުގައި ކާވާގެ ރައީސް މުޙައްމަދު ލަޠީފު ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަގުވާމީ ރެފްރީން ރާއްޖޭގައި ގިނަވަމުން ދިއުމަކީ ވޮލީގެ ކުރިއެރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ސާކުގެ ޤައުމުތަކުގެ ތެރެއިން ވެސް އިންޓަނޭޝަނަލް ރެފްރީން އެންމެ ގިނަ ގައުމު ކަމަށާއި، އަދި މިއީ ރާއްޖޭގައި ވޮލީ ބޯޅަ ތަރައްޤީވަމުން އަންނަ ކަމުގެ ހެއްކެތް ކަމަށް ލަޠީފު ވިދާޅުވިއެވެ.

މުޙައްމަދު ވަޙީދާއެކު، ރާއްޖޭގައި ތިބި އިންޓަނޭޝަނަލް ރެފުރީންގެ އަދަދު 15 އަށް އެރުމަކީ، ކެލާއަށް ވެސް ލިބިގެން ދިޔަ ބޮޑު ފަޚުރަކަށް ވާތީ، “ތިލައުތުރު”ގެ ފަރާތުން މުޙައްމަދު ވަޙީދަށް، ހޫނު މަރުޙަބާ ދަންނަވަމެވެ. އިތުރު ކާމިޔާބަށް އެދެމެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button