ޚަބަރު

ކެލާ ކައުންސިލުގެ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދަވައިފި.

ވިޔަފާރިކޮށް އިޤްތިޞާދީ ގޮތުން ބާރުވެރި ބަޔަކަށްވެ، ރަށު ތަރައްޤީގައި ކައުންސިލުގެ ދައުރު މިހައިރަށް ވުރެ އިތުރުކުރުމުގެ މަޤްޞަދުގައި އުފެއްދި މި ކުންފުނި ހިނގަމުންދާނީ މުސްތަޤިއްލު ވަކި މުއައްސަސާއެއްގެ ގޮތުގައެވެ.

ކެލާ ކައުންސިލުގެ ރައީސް ޢަބްދުﷲ އިންފާޒް ވިދާޅުވި ގޮތުގައި މި އުފެއްދި ލޯކަލް އޮތޯރިޓީ ކުންފުނި ހިނގަމުންދާނީ މެނެޖިންގ ޑިރެކްޓަރެއްގެ ބެލުމުގެ ދަށުންނެވެ. ކުންފުނީގެ ކަންކަން ނިންމާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.

ކުންފުނީގެ މެނެޖިންގ ޑިރެކްޓަރު އައްޔަން ކުރެވިފައިވާ އިރު، މި ކުންފުންޏަށް ބޭނުންވާ ބައެއް މުއައްޒަފުން ހޯދުމަށާއި، ކުންފުނީގެ އޮފީސް ޢިމާރާތް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވެސް ކެލާ ކައުންސިލުން މިހައިރު ވަނީ އިޢުލާންކޮށްފައެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button