ޚަބަރު

މުހިންމު މެޗަކަށް މާރަންދޫއާއި، ފިއްލަދޫ ނުކުންނަ އިރު، މިއަދުގެ މެޗު ކެލައަށް ވެސް މުހިންމު!

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގައި، ހއ. އަތޮޅު އޭ ގްރޫޕްގައި މިއަދު ހަވީރު ކުޅޭ މެޗު ފިއްލަދޫއާއި، މާރަންދޫއަށް މުހިންމު ވިއަސް ކެލާ ޓީމަށް މިއަދުގެ މެޗު އެހައި މުހިންމު ނޫން ކަމަށް ދުށުމަކީ ވެދާނެ ކަމެކެވެ.

މާރަންދޫއަށް މިއަދުގެ މެޗު މުހިންމު ވަނީ ފިއްލަދޫ އަތުން ބަލިވެއްޖެ ނަމަ މުބާރާތާ އަލްވަދާޢު ކިޔަން ޖެހިދާނެތީއެވެ. އެހެންނަމަވެސް މިއަދުގެ މެޗު ޑްރޯކޮށްލައިގެން ވެސް މާރަންދޫއަށް ސެމީގެ ޖާގަ ކަށަވަރު ވާނެއެވެ.

ފިއްލަދޫއަށް  ސެމީގެ ޖާގައެއް ލިބެން އޮތީ މިއަދުގެ މެޗުން  މާރަންދޫ ބަލިކޮށްގެންނެވެ. ސަބަބަކީ މާރަންދޫއަށް 6 ޕޮއިންޓް ލިބިފައި އޮތުމެވެ. ފިއްލަދޫއަށް ލިބިފައި ވަނީ 4 ޕޮއިންޓެވެ. ނަމަވެސް މާރަންދޫ ބަލިކޮށް 7 ޕޮއިންޓަށް ނަތީޖާ ބަދަލުކުރުމުގެ ފުރުޞަތު ފިއްލަދޫއަށް އަދި ނުގެއްލެއެވެ.

ކެލާ މިއަދުގެ މެޗަށް  ބާރަށާއެކު ނުކުންނަ އިރު ވެސް އޮތީ 7 ޕޮއިންޓާއެކު ސެމީގެ ޖާގަ ޔަޤީން ވެފައެވެ. ނަމަވެސް  ބާރަށް ބަލިކޮށްގެން ނޫނީ ގުރޫޕުގެ 1 ވަނަ ކެލާއަށް ކަށަވަރެއް ނޫނެނެވެ. އެހެންނަމަވެސް ޑްރޯކޮށްގެން ވެސް އެއް ވަނަ ލިބުމުގެ ހަނި ފުރުޞަތެއް ކެލައަށް އެބަ އޮތެވެ. މި ނަޒަރުން ބަލައި އިރު ކެލައަށް ވެސް މިއަދުގެ މެޗު މުހިންމު އެބަ ވެއެވެ.

ހއ. އަތޮޅު ބީ ގްރޫޕަށް ބަލައި އިރު ވަށަފަރަށް ވަނީ ސެމީގެ ޖާގަ ޔަޤީންވެފައެވެ. ނަމަވެސް މި އަދު ކުޅޭ މެޗު ކާމިޔާބުކޮށް ދިއްދޫއާއި، އުތީމަށް ވެސް ސެމީގެ ޖާގައެއް ލިބުމުގެ ފުރުޞަތު ތަނަވަސްކޮށް އެބަ އޮތެވެ.

މި ފޯރިގަދަ މެޗުތައް ބައްލަވައި ލައްވައި ސާބަސްދިނުމަށް މިއަދު ހަވީރު 4.00 އަށް ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑަށް މި ރަށްތަކުގެ ސަޕޯރޓަރުން ދިއުމަކީ ޓީމުތަކަށް ލިބޭ މަތިވެރި ހިތްވަރެކެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button