ޚަބަރު

ޕެނަލްޓީގައި އެންމެ ފަހުގެ ޗެމްޕިއަން ދިއްދޫ ބަލިކޮށް، އަތޮޅު ޗެމްޕިއަންކަން ވަށަފަރުން ހޯދައިފި

މަރުޙަބާ ޓީމް ވަށަފަރު

ޕެނަލްޓިގައި އެންމެ ފަހުގެ ޗެމްޕިއަން ދިއްދޫ ބަލިކޮށް އަތޮޅު ޗެމްޕިއަންކަން ވަށަފަރުން ހޯދައިފިއެވެ. މިހާރު ހިނގަމުންދާ ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ، ހއ. އަތޮޅުގެ ފައިނަލްގައި ވަށަފަރުން ޗެމްޕިއަންކަން ހޯދީ ދިއްދޫއާ ވާދަކޮށެވެ.  

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 2 ލަނޑު 2 ލަނޑުން ނަތީޖާ އެއްވަރުވުމުގެ ސަބަބުން ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ވަށަފަރުން ޗެމްޕިއަން ހޯދީ 7 ލަނޑު 6 ލަނޑުން ދިއްދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. ދިއްދޫ ފައިނަލަށް އައީ ސެމީ ފައިނަލްގައި މާރަންދޫ ބަލިކޮށްފައެވެ. ވަށަފަރު ފައިނަލަށް އައީ ކެލާ ބަލިކޮށްފައެވެ.

ހއ. އަތޮޅު ޗެމްޕިއަންކަން ވަށަފަރުން ހޯދުމުގެ އިތުރުން މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާއި، މުބާރާތުގެ ހއ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދީ ވަށަފަރު ޓީމުގެ ކުޅުންތެރިއެކެވެ. އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޖަރޒީ ނަންބަރ 07 އިބްރާހީމް ޢަޠީޤް ޙަސަނެވެ. މުބަރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޖަރޒީ ނަންބަރ 17 އިބްރާހީމް ސަނޫނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވަށަފަރު ޓީމުގެ ގޯލްކީޕަރ ޖަރޒީ ނަންބަރ 21 މަހާސިން މުޙައްމަދެވެ.   ތިލަދުއުތުރަށް މަޢުލޫމާތު ލިފައިވާ ގޮތުގައި މިއީ ވަށަފަރުން ގޯލްޑަން ފްޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ހޯދި 4 ވަނަ ފަހަރެވެ. މީގެ ކުރިން 3 ފަހަރަކު މި މުބާރާތުގެ އަތޮޅު ޗެމްޕިއަންކަން ވަށަފަރުން ހޯދާފައި ވެއެވެ. “ތިލައުތުރު” ނޫހުން ވަށަފަރު ޓީމަށް ހޫނު މަރުޙަބާ ކިޔަމެވެ. އިތުރު ކުރިއެރުމަށް ވެސް އެދެމެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button