142ވަނަ ފިލާވަޅު ■ ރޯދަ ފާސިދުވާ ކަންތައްތައް (ރޯދަ ބާޠިލްވާ ކަންތައްތައް)
((2))ޤަސްދުގައި ރަމަޟާންމަހުގެ ދުވާލު ވަޤުތު ޖިމާޢުވުން ( ދެވަނަ ބައި )
■ (5)އެއްފަހަރަށްވުރެ ގިނައިން ރަމަޟާންމަހުގެ ދުވާލުގެ ވަޤުތުގައި ( އެއްދުވަހެއްގެ ތެރޭގައި ) ޖިމާޢުވެއްޖެނަމަ ( އެއްދާންކޮށްފިނަމަ) ..
(ފުރަތަމަ ފަހަރު ޖިމާޢުވެފައި އެކައްފާރާ ނުދެނިސް)، މިހާލަތުގައި އެންމެ ކައްފާރާއެއް ދިނުމުން ފުދޭނެއެވެ ■ މުސްލިމުންގެ އިއްތިފާޤު.
(6)އެއްފަހަރަށްވުރެ ގިނައިން ރަމަޟާންމަހުގެ ދުވާލުގެ ވަޤުތުގައި ( އެއްދުވަހެއްގެ ތެރޭގައި ) ޖިމާޢުވެއްޖެނަމަ ( އެއްދާންކޮށްފިނަމަ) ..(ފުރަތަމަ ފަހަރު ޖިމާޢުވެފައި އެކައްފާރާ ދީފައި އެއަށްފަހު ހަމަ އެދުވަހު ރަމަޟާންމަހު ދުވާލު ވަޤުތު އިތުރަށް ޖިމާޢުވެއްޖެނަމަ) ، ދެވަނަ ކައްފާރާއެއް މިހާލަތުގައި ދޭންޖެހޭނެތޯ ؟ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ.
(1)ދެވަނަ ކައްފާރާ މިހާލަތުގައި ލާޒިމްވެގެންނުވޭ ■ މަޛްހަބު މަލިކީ އަދި ޝާފިޢީ، އިބްނު ޢުޘައިމީން
(2)ދެވަނަ ކައްފާރާ މިހާލަތުގައި ލާޒިމްވެގެންވޭ ■ މަޛްހަބު ޙަނަފީ އަދި ޙަންބަލީ
(7)ދެދުވަސް ނުވަތަ އެއަށްވުރެ ގިނަދުވަސް ( ކޮންމެ ދުވަހަކު ވަކިން ޖިމާޢުވެއްޖެނަމަ ) : މިހާލަތުގައި ކޮންމެ ދުވަހަކަށް ކައްފާރާ ( ކުރިން ބަޔާންކުރެވިފައިވާ ކައްފާރާ) އަދާކުރަންޖެހޭ ެއެވެ. އެއީ ފުރަތަމަ ދުވަހުގެ( ޖިމާޢުވުމުގެ ) ކައްފާރާ އަދާކޮށްވާނަމަވެސް ނުވަތަ އަދާކޮށްފައިނުވާ ނަމަވެސްމެއެވެ.■ޖުމްހޫރު
(8)ފުރަގަސްފަރާތަށް ( އަންހެނެއްގެ ނުވަތަ ފިރިހެނެއްްގެ ނަމަވެސް ) ބޭނުންކޮށްފިނަމަ އެއިންސާނާ ރޯދަ ފާސިދުވެގެންވެއެވެ.
(ބާޠިލުވެގެންވެއެވެ.) އެއިންސާނާގެ މައްޗަށް (1) އެދުވަހުގެ ބަދަލުގައި އެހެންދުވަހެއްގައި އެރޯދަ ޤަޟާކުރުމާއި (2) ކައްފާރާ ( ކުރިން ބަޔާންކުރެވިފައިވާ ) ވެއެވެ. ■ 4 މަޛްހަބު
“■ (1)ރަމަޟާންމަހު ދުވާލު ވަޤުތު (2) ފިރިހެނެއްގެ ކުރިމަތި ފަރާތް ( ޛަކަރު ) ، ފިރިހެނާގެ ހަޝަފާގެ މިންވަރު ( ޚިތާނުކުރުމުން ފާޅުވާން އިންނަ މިންވަރު ) ، ● އަންހެނާގެ ކުރިމަތިފަރާތަށް ( ފަރުޖަށް.) ( އަނބިމީހޤ ނުވަތަ ހިލޭ އަންހެނެއްގެ ( ޒިނޭ)) ނުވަތަ ފުރަގަސްފަރާތަށް (އަންހެނުން ނުވަތަ ހިލޭ އަންހެނެއްގެ) ● އިންސާނެއްގެ ( ފިރިހެނެއްގެ ފުރަޤަސްފަރާތަށް (ލިވާތު) ނުވަތަ އިންސާނެއްނޫންނަމަވެސް ( ޖަނަވާރު،..) ● ދިރިހުރި ނުވަތަ މަރުވެފައިވީ ނަމަވެސް ● މަނި ބޭރުވިޔަސް ނުވަތަ މަނިބޭރުނުވިޔަސް ::::《《ފިރިހެނެއްގެ ކުރިމަތި ފަރާތް ( ޛަކަރު ) ، ފިރިހެނާގެ ހަޝަފާގެ މިންވަރު( ޚިތާނުކުރުމުން ފާޅުވާން އިންނަ މިންވަރު )》》 ވަދެއްޖެނަމަ ( މަތީގައި ބަޔާންކުރެވިފައިވާ ހާލަތްތަކަށް ) (1) އެދުވަހުގެ ބަދަލުގައި އެހެން ދުވަހެެއްގައި އެރޯދަ އިންސާނާ ޤަޟާކުރަންޖެހޭނެއެވެ.( 2 ފަރާތަށްވެސް ) (2) ކައްފާރާ ދޭންޖެހޭނެ ( 2 ފަރާތަށްވެސް ) (އަދި އެފާފައިން ތައުބާވާންވެސް ޖެހޭނެއެވެ.) ” ■ (އަލް އިޤްނާ) ( އިސްލާމް .ކިއު.އޭ )
■(9) ޤަސްދުގައި ޤަޟާ ރޯދައެއްގައި ޖިމާޢުވެއްޖެނަމަ ، އެއިންސާނާގެ މައްޗަށް ކައްފާރާއެއްނުވެއެވެ.( ކައްފާރާވަނީ ރަމަޟާންމަހު ދުވާލު ޖިމާޢުވެއްޖެނަމައެވެ.) ■ 4 މަޛްހަބު
އިންސާނާ ރަމަޟާންމަސް ނޫން (އެހެން ވާޖިބު ރޯދައެއްގައި ) ޖިމާޢުވެއްޖެނަމަ : (1) ޤަޟާ ރޯދައެއް ނުވަތަ (2) ނަދުރު ރޯދައެއް (3) ނުވަތަ އެހެން ރޯދައެއް ؛ މިހާލަތުގައި ކައްފާރާއެއްނުވެއެވެ.(ނޯޓް : އެހެންނަމަވެސް އެހެން ދުވަހެއްގައި އެރޯދަހިފަންޖެހޭނެ ) ( މަޖުމޫޢު، ނަބަވީ ( ރަޙިމަހު ﷲ )
އިންސާނާ ރަމަޟާންމަސް ނޫން (އެހެން ވާޖިބު ރޯދައެއްގައި ) ޖިމާޢުވެއްޖެނަމަ : (1) ޤަޟާ ރޯދައެއް ނުވަތަ (2) ނަދުރު ރޯދައެއް (3) ނުވަތަ އެހެން
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم