ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް އައިޝަތު ނަބީހާ އަމީނަށް ލިބިއްޖެ

މަތީ ސާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް މި އަހަރު ޙާޞިލްކުރި ހަތް ދަރިވަރުންގެ ތެރޭގައި ހއ. ކެލާ ކާނިގަސްދޮށުގޭ އައިޝަތު ނަބީހާ އަމީން ހިމެނިއްޖެއެވެ.

ނަބީހާއަށް، ސްކޮލަރޝިޕާއި އިނާމު ހަވާލުކޮށްދެއްވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި ސްކޮލަރޝިޕަކީ ވޭތުވެދިޔަ އަހަރު ބޭއްވުނު އޭލެވެލް އިމްތިޙާނުގެ ފަސް މާއްދާއިން “އޭ ސްޓާ” ހޯދައިގެން މުޅި ރާއްޖެއިން އެއްވަނަ ހޯދި 7 ދަރިވަރުންގެ ތެރޭގައި ނަބީހާ ހިމެނިފައިވާތީ ދެއްވި ސްކޮލަރޝިޕެކެވެ. ނަބީހާގެ އިތުރުން މި އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ލިބުނީ:

  • ލީން އަހުމަދު ތޯރިގު، ސީއެޗްއެސްއީ
  • ޔަޝާ ޝާފީ ޝަފީގު، ސީއެޗްއެސްއީ
  • މާއިޝް މުފީދު، ސީއެޗްއެސްއީ
  • ހުސައިން ޔަމީން، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު
  • އައިޝަތު ލީން އަބްދުﷲ، ޏ. އަތޮޅު ތައުލީމީ މަރުކަޒު
  • ލައިލް ހުސެން ހަމީދު، އަރަބިއްޔާ

އޭލެވެލް އިމްތިހާނުގައި މާއްދާތަކުން ވަކި ނަތީޖާއެއް ހޯދާ ދަރިވަރުންނަށް ސަރުކާރުން ދެ އެވޯޑެއް ދެ އެވެ. އެއީ:

  • ދިވެއްސާއި އިސްލާމް މާއްދާ ހިމެނޭ ގޮތަށް، ފަސް މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށް ދޭ ރައީސްގެ ސްކޮލަޝިޕް
  • ދިވެއްސާއި އިސްލާމް ހިމެނޭ ގޮތަށް ފަސް މާއްދާއަކުން އޭ ގްރޭޑް ހޯދާ ދަރިވަރުންނަށް ދޭ ‘ހައި އެޗީވާސް އެވޯޑް’

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button