“ރައްޔިތުންގެ އަޑު” ސިލްސިލާބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ކެލާ ދާއިރާއަށް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްގެންދަވާ “ރައްޔިތުންގެ އަޑު” ސިލްސިލާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ކެލާ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ހުޅުވާލައިފިއެވެ.
އިދާރީ ދާއިރާތަކުގެ ގޮތުގައި ހިމެނޭ 93 ދާއިރާގެ ތެރެއިން ނަން ހުށަހެޅުމަށް މި ފަހަރު ހުޅުވާލި 4 ދާއިރާގެ ތެރޭގައި ކެލާ ދާއިރާ ވަނީ ހިމެނިފައެވެ.
ކެލާ ދާއިރާގެ އިތުރުން މި ފަހަރުގެ ބައްދަލުވުމަށް ދަޢުވަތުދެއްވަފައި ވަނީ މާފަންނު ދެކުނު ދާއިރާއާއި، އުނގޫފާރު ދާއިރާއާއި، ފުވައްމުލަކު ދެކުނު ދާއިރާއަށެވެ. މިއީ ރައްޔިތުންގެ ޝުޢޫރުތައް ފޮރުވުމެއް ނެތި ރައީސް އަޑުއައްސަވަން ބޭނުންފުޅުވާތީ ކުރިއަށްގެންދަވާ ޕްރޮގުރާމެކެވެ.
ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް ވިދާޅުވަމުން އަންނަނީ އެ މަނިކުފާނު ވެރިކަންކުރައްވަނީ ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކަމަށެވެ.
މި ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގެ ތެދުކަން ހާމަކޮށްދޭ ކަމެކެވެ. ފުރުޞަތު ނަގައިނުލައްވާ ކެލާ ދާއިރާއަށް ނިސްބަތްވާ ގިނަ ބަޔަކު މި ޕްރޮގުރާމުގެ ތެރޭން ސީދާ ރައީސާ ބައްދަލުކުރައްވާ ޝުޢޫރުފާޅުކުރެއްވުމަކީ ވަރަށް މުހިންމު ކަމެކެވެ.
ސަރުކާރުގެ ގެޒެޓް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރައްވާފައިވާ އިޢުލާނުގައި ހާމާކުރައްވާފައިވާ ގޮތުގައި މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވެލައްވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް އެ ކަމަށް އެދިލައްވަންޖެހެއެވެ. ސުންގަޑިއަކީ މި ހިނގާ ޖުލައި މަހުގެ 27ވާ ހޯމަދުވަހުގެ ރޭ މެންދަމު 12.00އެވެ.
އެ ކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލަކީ:



