ޚަބަރު

ވޭތުވެ ދިޔަ 2025 ވަނަ އަހަރު އޯލެވެލްއާއި އޭލަވެލްއިން ކެލާގެ ދަރިވަރުންތަކެއް ފަޚުރުވެރި ވަނަތަކެއް ހޯދައިފި

ވޭތުވެ ދިޔަ 2025 ވަނަ އަހަރު ރާއްޖޭގެ އެކި ސުކޫލުތަކުން އޯލެވެލްއާއި އޭލަވެލް ނިންމި ކެލާގެ ގިނަ ދަރިވަރުންތަކެއް ފަޚުރުވެރި ކާމިޔާބީތަކެއް ޙާޞިލްކޮށްފިއެވެ. ކާމިޔާބު ހޯދި ދަރިވަރުންގެ ތެރޭގައި ކެލާ ޝައިޚް އިބްރާހީމް ސުކޫލުން އޯލެވެލް ނިންމި ދަރިވަރަކު ވެސް ހިމެނިފައި ވެއެވެ.

މަތީ ސާނަވީ އިމްތިޙާން

ޢާއިޝަތު ނަބީހާ އަމީން ކާނިގަސްދޮށުގެ ހއ. ކެލާ: ޤައުމީ ގަދަ 10ގެ 1 ވަނަ

އަޙްމަދު ޢާޠިކް ޢަބްދުﷲ ގުލޭނޫރަންގެ ހއ. ކެލާ: ޤައުމީ ގަދަ 10ގެ 4 ވަނަ

މާނިއު ޢަބްދުﷲ މާހިރު ބިލަމަގުމާގެ ހއ. ކެލާ: ޤައުމީ ގަދަ 10ގެ 9 ވަނަ

ނާހިލް ބިން މުޙައްމަދު އަސްދޫ ހއ. ކެލާ: ޤައުމީ ގަދަ 10ގެ 10 ވަނަ

ސާނަވީ އިމްތިހާން

މުޙައްމަދު ޔަޢީޝް ޢިއްޒަތު ޓުސަންސް ހއ. ކެލާ: ޤައުމީ ގަދަ 10ގެ 4 ވަނަ

އަޙްމަދު އައިކް އިމްދާޙް ކުދިރުވާލިގެ ހއ. ކެލާ: ޤައުމީ ގަދަ 10ގެ 4 ވަނަ

ފާޠިމަތު ޝިނާ ޢަބްދުﷲ ރޭޝަމް ހއ. ކެލާ: ޤައުމީ ގަދަ 10ގެ 6 ވަނަ

ފާޠިމަތު ޔަޝާ ޔާރިދު ސަންރޭ ހއ. ކެލާ: ޤައުމީ ގަދަ 10ގެ 7 ވަނަ

މަރްޔަމް ރާދާ ނައިޓްމޫން ހއ. ކެލާ: ޤައުމީ ގަދަ 10ގެ 10 ވަނަ

މި ދަރިވަރުންގެ ތެރެއިން ޢާއިޝަތު ނަބީހާ އަމީން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް އެވޯޑްގެ އިތުރުން ކެމިސްޓްރީން މުޅި ދުނިޔޭން 4 ވަނައާއި، ފިޒިކްސްއިން މުޅި ދުނިޔެއިން 10 ވަނަ ހޯދާފައެވެ. އަޙްމަދު ޢާޠިކް ޢަބްދުﷲއަށް ހައި އެޗީވަރސް ސްކޮލަރޝިޕް އެވޯޑް ލިބިފައި ވެއެވެ.

ކެލައަށް ރީތިނަން ހޯދައިދިން މި އެންމެހައި ދަރިވަރުންނާއި، 2025 ވަނަ އަހަރު މި ދެ އިމްތިޙާނުގައި ބައިވެރިވެ ގަދަ 10ގައި ހިމެނުނު ކެލައަށް ނިސްބަތްވާ އެންމެހައި ދަރިވަރުންނަށް ތިލައުތުރު ނޫހުގެ ފަރާތުން ހޫނު މަރުޙަބާއާ ތަހުނިޔާކިޔަމެވެ. 

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button