ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ހއ. ތަމްސީލުކުރާ ޓީމުގައި ޝައިޚް އިބްރާހީމް ސުކޫލުގެ 4 ދަރިވަރުން


1037 ދަރިވަރުނާއެކު މިރޭ ފަށާ ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ހއ. އަތޮޅު ތަމްސީލުކުރާ ޓީމުގައި ކެލާ, ޝައިޚް އިބްރާހީމް ސުކޫލުގެ 4 ދަރިވަރަކު ހިމެނިއްޖެއެވެ.
ހއ. އަތޮޅު ތަމްސީލުކުރާ ޓީމުގެ 25 އިންސައްތަ ހިއްސާކުރަނީ ކެލައެވެ. އެންމެ ގިނަ ދަރިވަރުން ހިމެނިފައި ވަނީ އަތޮޅުގެ މައި ރަށުންނެވެ. އިންސައްތައަކީ 38 އެވެ. 3 ވަނަ އަށް އެންމެ ގިނަ ދަރިވަރުން ހިއްސާކުރަނީ ހޯރަފުށިންނެވެ. ހޯރަފުށީގެ އިންސައްތައަކީ 19 އެވެ.
ޖުމްލަ 16 ދަރިވަރުން ތަމްސީލު ހއ. އަތޮޅު ޓީމުގައި ދެން ހިމެނެނީ އިހަވަންދޫ، މާރަންދޫ އަދި ތުރާކުނުން ކުރެ ކޮންމެ ރަށަކުން ދަރިވަރެކެވެ.
ހއ. އަތޮޅު ތަމްސީލުކުރާ ޝައިޚް އިބްރާހީމް ސުުކޫލުގެ ދަރިވަރުން
1. ޢާއިޝަތު ނީޝާން އާދަމް ނާފިޒު
2. ޢަބްދުﷲ ޒަލަފް ޒުހުދު
3. ޢީޝާ އަޙްމަދު ސިޔާމް
4. އާމިނަތު މުފްލިޙާ
ހއ. އަތޮޅު ޓީމަށް ތިލައުތުރު ނޫހުން ކާމިޔާބަށް އެދެމެވެ. ތިޔަ 16 ދަރިވަރުން އަތޮޅަށް ރީތި ނަން ހޯދައިދޭނެ ކަމަށް އުންމީދުކުރަމެވެ.