ޚަބަރު

ސެމީގެ އުންމީދު ފިއްލަދޫއަށް އާވެ، ކެލާއަށް ސެމީ ކަށަވަރު ވެއްޖެ

ގޯލްޑަން ފްޓްަސަލް ޗެލެންޖް 2025 ގައި، ހއ. ގެ ގްރޫޕް އޭ ގައި ފިއްލަދޫޢާއި، ބާރަށް ބައްދަލުކުރި މެޗު 4 ލަނޑު 2 ލަނޑުން ކާމިޔާބުކޮށް ސެމީގެ އުންމީދު ފިއްލަދޫ ވެސް އާކޮށްފިއެވެ. މި މެޗުގައި ފިއްލަދޫއިން ލަނޑުޖެހީ މުޙައްމަދު ހުޝާމާއި، އާދަމް ރިޟްވާނާއި، އިބްރާހީމް ފަޒީލާއި އަދި އާދަމް އިޚްވާނެވެ.  ބާރަށުން  ލަނޑުޖެހީ ޢަބްދުﷲ މިޞްބާޙާއި، އަޙްމަދު ޝަޒީމެވެ.  މި މެޗުގެ މޮޅު ކުޅުންތެރިއަކަށް  ހޮވުނީ ފިއްލަދޫ ޓީމުގެ ޖަރޒީ ނަންބަރު 31 އާދަމް އިޚްވާނެވެ. މޭން އޮފް ދަ މެޗުގެ އިނާމު ޙަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހުމާނު އަޙްމަދު ޣާލިބެވެ.

މި ގްރޫޕްގައި މިރޭ ކުޅުނު ކެލާއާއި، ހޯރަފުށި ބައްދަލުކުރި މެޗު  ނިމުނީ 2 ލަނޑު 2 ލަނޑުން އެއްވަރު ވެގެންނެވެ.  މި މެޗު އެއްވަރުވުމުން ކެލާ މި ވަނީ 7 ޕޮއިންޓާ ފައިދާ 7 ގޯލާއެކު  ސެމީ ފައިނަލް ކަށަވަރުކޮށްފައެވެ. މި މެޗުގައި  ހޯރަފުށިން ލަނޑުޖެހީ އެ ޓީމުގެ ޢަބްދުﷲ ޔާމީނާއި، ޢަލީ ޢިމްރާން މުޙައްމަދެވެ. ކެލާ ޓީމަށް 2 ލަނޑު ވެސް ޖަހައިދިނީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޙާޞިލްކުރި އެ ޓީމުގެ ޖަރޒީ ނަންބަރު 69 މަމްދޫޙް ޢަބްދުލްޤާދިރެވެ. މޭން އޮފް ދަ މެޗުގެ އިނާމު ޙަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހުމާނު ކޮންސްޓްރަކްޝަން މިނިސްޓްރީގެ ނާއިބު އާދަމް ފާޒިލެވެ. ހޯރަފުށި މުބާރާތާ އަލްވަދާޢުކީ އިރު އެ ޓީމަށް ލިބިފައި ވަނީ ޖުމްލަ 2 ޕޮއިންޓެވެ.

މި ގްރޫޕްގެ ފަހު ދެ މެޗުގެ ކުޅުން އޮންނާނީ މި މަހުގެ 21 ވާ އަންގާރަ ދުވަހު ހަވީރު 4.00 ގައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާރަންދޫއާއި، ފިއްލަދޫއެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ކެލާއާއި، ބާރަށެވެ. ފިއްލަދޫއަށް ސެމީގެ ޖާގައެއް ލިބޭނީ މި މެޗުން މާރަންދޫ ބަލިކޮށްގެންނެވެ. އެއްވަރު ވިޔަސް ސެމީގެ ފުރުޞަތު ލިބޭނީ މާރަންދޫއަށެވެ. ކެލާއާއި، ބާރަށް ބައްދަލުކުރާ މެޗުން ބާރަށް މޮޅު ވިއަސް ސެމީގެ ޖާގައެއް އެ ޓީމަށް ލިބުން ދުރެވެ. ކެލާ  ވަނީ މިހާރު ވެސް ސެމީގެ ޖާގަ ޔަޤީންވެފައެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button