ޚަބަރު

ސްޕޯރޓްސް ފިޝިންގ ކަނދުފަތި އަޅައިފި، ޝުކުރިއްޔާ ރައީސުލްޖުމްހޫރިއްޔާ

ކެލާގެ ޒުވާން މަސްވެރިން ބޭނުންވި، ސްޕޯރޓްސް ފިޝިންގ ކަނދުފަތި 2025 އޮކްޓޯބަރ 3 ވަނަ ދުވަހު އިއްޔެ އަޅައިފިއެވެ. ކެލާއާ 5 މޭލު ބޭރުގަ އެޅި މި ކަނދުފަތި އޮތީ ދާއިރާ އަނެއް ދެ ރަށް ކަމުގައިވާ ވަށަފަރާއި، ފިއްލަދޫއަށް ވެސް ދާދި ކައިރީގައެވެ.

ދަނޑުވެރި ރައްޔިތަކު ދިރިއުޅޭ ކެލަައަކީ އަތޮޅުގެ ނިސްބަތުން ސްޕޯރޓްސް ފިޝިންގގައި ޙަރަކާތްތެރިވާ މީހުން ގިނަ ރަށެކެވެ.  މަސްވެރިކަމުގައި ޙަރަކާތްތެރިވާ ކުދި އުޅަނދު ފަހަރު ނިސްބަތުން ކެލާގައި މަދެއް ނޫނެވެ. 2400 އަށް ވުރެ ބޮޑު އާބާދީއެއް އޮތް ކެލަގައި ދިރިއުޅޭ އާބާދީއަކީ 1500 ކަމަށްވުން އެކަށީގެން ވެއެވެ.

މި ކަނދުފަތީގެ ސަބަބުން ކެލާގެ ޒުވާން މަސްވެރިން ތިބީ ނުހަނު އުފަލުންނެވެ. އެ ކަން ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓްތަކުން އެނގެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ އެމްޕީ ޢަބްދުﷲ ޝަރީފު ކުރެއްވި ޕޯސްޓްގައި ފަތުތުވެރިކަމުގެ ދުވަހުގައި މި ކަނދުފަތި އެޅިގެން ދިޔުމަކީ ކެލާ ދާއިރާގެ ރައްޔިތުން ވަރަށް އުފާކުރާ ކަމެއްކަމުގައި ބަޔާންކުރައްވާފައި ވެއެވެ. އަދި އެމްޕީގެ ޕޯސްޓްގައި ޚާއްޞަ ޝުކުރެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، މިނިސްޓަރ ޝިޔާމަށް އަދާކުރައްވާފައި ވެއެވެ.

އިއްޔެ އެޅި މި ކަނދުފަތި އެޅުމުގައި ޙަރަކާތްތެރިވި ފަރާތްތަކަށް، ކެލާ ރައްޔިތުންގެ ފަރާތުން ޚާއްޞަ ފަރިވަޅެއް ވެސް ވަނީ އަރުވާފައެވެ. މި ކަން ވަރަށް ގާތުން ބައްލަވައި ސަރުކާރުގެ ތެރޭން މި ކަނދުފަތި އެޅުމުގެ ކަންކަން ފަހިކޮށްދެއްވީތީ ތިލައުތުރު ނޫހުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކެލާދާއިރާގެ އެމްޕީ ޢަބްދުﷲ ޝަރީފަށް ޝުކުރުއަދާކުރަމެވެ.  

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button