ޚަބަރު

ހއ. އަތޮޅުގެ ކައުންސިލްތަކަށް ބަގީ ޙަވާލުކުރުމާއި، ސުކޫލްތަކުގެ ސްޓަޑީ ކޭމްޕް ބޭއްވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި

ހއ. އަތޮޅުގެ ކައުންސިލްތަކަށް ބަގީ ޙަވާލުކުރުމާއި، ސުކޫލްތަކުގެ ސްޓަޑީ ކޭމްޕް ބޭއްވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ. މި ތާރީޚީ ސޮއިކުރުމުގެ އިޙްތިފާލު ބާއްވާފައި ވަނީ މިއަދު ހެނދުނު ތިލަދުންމަތީ އުތުރުބުރީގެ ވެރިރަށް ދިއްދޫގައެވެ.

ހއ. އަތޮޅު ކައުންސިލްގެ ބަޖެޓުން ޚަރަދުކުރައްވައިގެން އަތޮޅުގެ 14 ރަށުގެ ރަށު ކައުންސިލަށް ބަގީއާއި، 14 ރަށުގެ ސުކޫލަށް ސްޓަޑީ ކޭމްޕް ބޭއްވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުޅި ހއ. އަތޮޅަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ޚާއްޞަކޮށް ލާމަރުކަޒީ ނިޒާމުގެ ފުރިހަމަކަމާ، އޭގެ މަންފާ އިޙްސާސްކޮށްދިން ކަމެކެވެ.

މިއަދު ހެނދުނު ދިއްދޫގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް ދެއްކެވި ވާހަކަފުޅުގައި މިއަދަކީ ހއ. އަތޮޅު ތާރީޚުގައި ވަރަށް ޚާއްޞަ ދުވަހެއް ކަމަށާ، އެހެންނަމަވެސް ތާރީޚުން ފެންނަނީ ރަށްރަށުގެ ކަންތައްތަކަށް މާލޭން ބަސްކީ، އުނދަގޫ ދުވަސްތަކެއް ކަމަށާ، ނަމަވެސް އަޅުގަނޑުމެން މިއަދު ތަޖުރިބާކުރަމުން މި ދަނީ އެ ކަން ފަހަނަޢަޅައި، ރައްޔިތުން އަންޔަންކުރި ފަރާތްތަކުން ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައް ކުރެވެމުންދާ ތަން ކަމަށް މޫސާ ޝަފީޤް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ސުކޫލްތަކުގައި ސްޓްޑީ ކޭމްޕް ބޭއްވުމަށް އަތޮޅު ކައުންސިލުން ޙަވާލުކުރެވުނު މާލީ އެހީއަކީ، އަތޮޅުގެ މުސްތަޤްބަލަށް ޓަކައި ކުރާ އިންވެސްޓެއް ކަމަށް ވިދާޅުވިއެވެ. އަދި ރަށްރަށުގެ ކައުންސިލްތަކަށް ޙަވާލުކުރެވުނު ބަގީގެ ސަބަބުން އެ ރަށެއްގެ ރައްޔިތުންނަށް ވެސް ފަސޭތަކެއް ލިބިގެން ދާނެ ކަމަށް އުންމީކުރައްވާ ކަމަށް ވިދާޅުވިއެވެ.

ހއ. އަތޮޅުގެ ކައުންސިލްތަކަށް ބަގީ ޙަވާލުކުރުމާއި، ސުކޫލްތަކުގެ ސްޓަޑީ ކޭމްޕް ބޭއްވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ މެންބަރުންނާއި، އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުގެ މެންބަރުންނާއި، ރަށްރަށުގެ ސުކޫލްތަކުގެ ޕްރިންސިޕަލުންނާއި، ރަށްރަށުގެ ކައުންސިލްތަކުގެ އެސްޖީންނާއި، ދިއްދޫގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެ ލެއްވިއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button