ޝައިޚު އިބުރާހީމް ސުކޫލު 80 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

މީގެ 80 އަހަރު ކުރިން ހުޅުވި، ތަޢުލީމީ ހެޔޮ ދަރިންތަކެއް އެތައްޖީލެއްގައި ބިނާކޮށްދެއްވި ޝައިޚުއިބްރާހީމް ސުކޫލުގެ 80 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ސުކޫލު ފެންވަރުގައި އަހަރީދުވަސް ފާހަގަކުރުމަށް ހިންގި ޙަރަކާތްތައް ފެށުނީ އެ ކަމަށް ޓަކައި މި މަހުގެ 21 ވަނަ ދުވަހު ބޭއްވި ޚާއްޞަ އެސެމްބްލީންނެވެ. މި އެސެމްބްލީ ޝަރަފުވެރިކޮށްދެއްވީ، ކެލާ ކައުންސިލް އިދާރާގެ ޒިންމާދަރު ވެރިޔާ އަޙްމަދު ޙަފީޒެވެ.
މި އެސެމްބްލީގައި މަރުޙަބާގެ އައިޓަމެއް ދަރިވަރުން ހުށަހަޅައި ދިނުމުގެ އިތުރުން، އަހަރީ ރިޕޯރޓް ހުށަހެޅުމާއި، ދުވަހާ ގުޅޭ ގޮތުން ޝުޢޫރުފާޅުކުރުމާއި، އަހަރީ ކޭކު ފެޅުމާއި، ޚާއްޞަ ދުޢާއެއްކުރުން ވެސް އޮތެވެ.

އަހަރީ ދުވަސް ފާހަގަކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ބެލެނިވެރިންގެ ފްޓްސަލް މުބާރާތާއި، ހޭންޑްބޯލް މުބާރާތް ފެށިގެން ކުރިއަށް އެބަ ދެއެވެ. މި ދެ މުބާރާތް ވެސް ނިމޭނީ މިއަދެވެ.
ޝައިޚުއިބްރާހީމް ސުކޫލުގެ 80 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހިންގާ ޙަރަކާތުގައި ތެރޭގައި ހިމެނޭ “އަހަރީ ރަން” ފެބުރުވަރީމަހު ބާއްވާ ގޮތަށް ތާވަލުކޮށްފައި ވެއެވެ.

