ޚަބަރު

އެމްޕީ ޝަރީ ކަޕް 2025ގެ ފްޓްސަލް ތަށި، ގޫޕްސް ސްޕޯރޓްސް ކުލަބުން ހޯދައިފި

އިއްޔެ ރޭ ކުޅުނު އެމްޕީ ޝަރީ ކަޕް 2025ގެ ފްޓްސަލް ތަށި، ގޫޕްސް ސްޕޯރޓްސް ކުލަބުން ހޯދައިފިއެވެ. ގޫޕްސް ސްޕޯރޓްސް ކުލަބުން ތަށި ހޯދީ، ފޯރިގަދަ ފައިނަލް މެޗުގައި އާރުބީއެލް ސްޕޯރޓްސް ކުލަބުގެ މައްޗަށް ކުރިހޯދައިގެންނެވެ. ނަތީޖާއަކީ 2 ލަނޑު 1 ލަނޑެވެ. ފައިނަލްމެޗުގައި ގޫޕްސް ސްޕޯރޓްސް ކުލަބުން 2 ލަނޑުޖެހީ ވެސް އާދަމް ޢަބްދުއްރަހީމެވެ. އާރުބީއެލް ސްޕޯރޓްސް ކުލަބުން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޙުސައިން ޝިފާހެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޫޕްސް ސްޕޯރޓްސް ކުލަބުގެ އާދަމް ޢަބްދުއްރަހީމެވެ.

ފައިނަލް މެޗާއި، އެމްޕީ ޝަރީ ކަޕް 2025 ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރ އޮފް ސްޕޯރޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން އޮނަރަބްލް ޑޮކްޓަރ ޢަބްދުﷲ  ރާފިޢެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށާއި، ރަނަރއަޕް ޓީމަށް އަދި ތަފާތު މަޤާމުތަކަށް ހޮވުނު ކުޅުންތެރިންނަށް ތައްޓާއި، އިނާމާއި، މެޑެލް ހަވާލުކޮށްދެއްވީ ސްޕޯރޓްސް މިނިސްޓަރުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރ ޢަބްދުﷲ  ނާސިރާއި, ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބުރާހިމާއި, ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފާއި އަދި ރާއްޖޭގެ ކުޅިވަރު ތަރި އާމިނަތު ޝިއުރާއެވެ.

ފްޓްސަލް މުބާރާތުގެ ނަތީޖާ

ޓޮޕް ސްކޯރަރ: ގޫޕްސް ސްޕޯރޓްސް ކުލަބުގެ ެ އާދަމް ޢަބްދުއްރަހީމް

އެންމެ އުންމީދީ ކުޅުންތެރިޔާ: ޓީއޯ ސްޕޯރޓްސް ކުލަބުގެ މުޙައްމަދު ފައިޒާން ފަޒީން

އެންމެ މޮޅު 5 ކުޅުންތެރިން

ގޫޕްސް ސްޕޯރޓްސް ކުލަބުގެ ޢަބްދުﷲ ވިސާމް

އާރުބީއެލް ސްޕޯރޓްސް ކުލަބުގެ ޙުސައިން ޝިފާޙް

ގޫޕްސް ސްޕޯރޓްސް ކުލަބުގެ އާދަމް ޢަބްދުއްރަޙީމް  

ގޫޕްސް ސްޕޯރޓްސް ކުލަބުގެ ޢަބްދުުﷲ ނާޞިފް

އަންގަބޫލެބަލް ޖޭއާރުގެ އާދަމް ޢަޒީމް

ކިންގް އޮފްދަ ޓޯނަމެންޓް ގޫޕްސް ސްޕޯރޓްސް ކުލަބުގެ ޢަބްދުﷲ ވިސާމް

ބެސްޓް ކޯޗު ގޫޕްސް ސްޕޯރޓްސް ކުލަބުގެ އަނަސް މޫސާ

ފެއަރޕްލޭ ޓީމު ޓީއޯ ސްޕޯރޓްސް ކުލަބު

ރަނަރއަޕް ޓީމު އާރުބީއެލް ސްޕޯރޓްސް ކުލަބު

ޗެންޕިއަން ޓީމު ގޫޕްސް ސްޕޯރޓްސް ކުލަބު

ޗެމްޕިއަން ޓީމަށް 50000 ރުފިޔާ އަދި ރަނަރއަޕް ޓީމަށް 20000 ރުފިޔާގެ ފައިސާގެ އިނާމާއެކު ބޭއްވި މި މުބާރާތަކީ ކެލާ ދާއިރާގެ ރަށްތަކުގައި ކުޅިވަރުގެ ރޫޙް އިތުރުކޮށް، މޮޅު ކުޅުންތެރިން ދާއިރާގެ އުފެއްދުމުގެ މަޤްޞަދުގައި އެމްޕީ ޝަރީފު ކަޕް 2025 ގެ ނަމުގައި ބޭއްވި މުބާރާތެކެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button